ނަވަރާސަތޭކަ ނުވަދިހަ ހަތް ވަނަ އަހަރު ދުނިޔޭގެ ފުރަތަމަ އެއްމާބަނޑު ހަތް ކުދިން ސިއްހަތު ސަލާމަތުން ވިހޭ ކަން އެނގެނީ ކިތައް މީހުންނަށް ހެއްޔެވެ؟ މިއީ އެ ހަތް ކުދިންގެ ވާހަކަ އެވެ.

1997 ވަނަ އަހަރު ބޮބީ އާއި ކެނީ މަކޯއީ އަށް ވަނީ އެއްމާބަނޑު ހަތް ކުދިން ލިބިފައެވެ. އެދެމަފަރިންގެ ކުޑަ ކުޑަ އާއިލާ ބޮޑު އާއިލާއަކަށް ވެގެން ދިޔައެވެ. ތިން އަންހެން ކުދިންނާއި ހަތަރު ފިރިހެން ކުދިން، ކެނީ ވިހޭއިރު އެ ހުރިހާ ކުދިންނަކީ ވެސް ވިހޭ އިރު ސިއްހަތު ސަލާމަތުން ހުރި ހަތް ކުދިންނެވެ. 2015 ވަނަ އަހަރު "ޓުޑޭ" އަށް މި ހަތް ކުދިންގެ އިތުރުން ކުދިންގެ މައިންބަފައިން ވަނީ ހާއްސަ އިންޓަވިއުއެއް ދީފައެވެ.

ކެނީ ބުނީ ކުދިން ވިހޭ ވަގުތު އޭނާ ހުރީ އަނބިމީހާ އާއެކު އިމަޖެންސީ ރޫމްގައި ކަމަށާއި ފަހަރަކު ކުއްޖަކު ވިހޭތަން އޭނާގެ ދެލޮލަށް ފެނުނު ކަމަށެވެ. އަދި ކޮންމެ ކުއްޖެއްވެސް އުފަންވި ވަގުތު ވެގެން ދިޔައީ ވަރަށް ހާއްސަ އުފާވެރި ވަގުތުކޮޅަކަށް ކަމަށެވެ. އެ އިންޓަވިއުގައި ނޫސްވެރިޔާ ވަނީ އެއްމާބަނޑު ހަތް ކުދިންގެ ތެރެއިން، ކުއްޖަކަށް ވުމުން ލިބޭ ފައިދާ އަކީ ކޮބައިތޯ އެތަނުން ކުއްޖަކާ ސުވާލުކޮށްފައެވެ. އެ ސުވާލަށް ޖަވާބުދެމުން ކެނީ ބުނީ ބޮޑު އާއިލާއެއް ލިބުމުން އުފާވާ ކަމަށާއި ވާހަކަ ހިއްސާކުރާނެ ދައްތައިންނާއި ބޭބެއިންގެ އިތުރުން ކޮއްކޮއިން ތިބޭ ކަމަށެވެ. އަދި ދުވަހަކުވެސް އެކަނިވެރިކަން އިހުސާސް ނުވާކަމަށެވެ.

ދުނިޔޭގެ ފުރަތަމަ އެއްމާބަނޑު ހަތް ކުދިން---

ހަތް ކުދިން ގެންގުޅުނީ ކިހިނެއްތޯ ސުވާލުކުރުމުން ބޮބީ ބުނީ އެކުދިންގެ ކަންތައްތައް ކުރުމަށް އާއިލާއިންނާއި ރަހުމަތްތެރިން ވަރަށް ބޮޑަށް އެހިީތެރިވެދިން ކަމަށެވެ. އަދި ކޮންމެ ކަމެއް ވެސް ހިއްވަރާއެކު ކެރިގެން ކުރިމަތިލައިފިނަމަ އެކަމެއް ވެގެންދާނެ ކަމަށްވެސް ބޮބީ ބުންޏެވެ.

މިހާރު އެ ހަތް ކުދިންގެ އުމުރުން 24 އަހަރެވެ. ހުރިހާ ކުދިންވެސް ވަނީ މަތީ ތައުލީމް ހާސިލްކޮށް އެމީހުން ކުރިއަށް ދާން ބޭނުންވާ ދާއިރާއަކުން ތައުލީމް ހާސިލްކޮށްފައެވެ. އޭގެ ތެރޭގައި ޓީޗަރުންނާއި ލަވަކިޔުންތެރިންގެ އިތުރުން މިލިޓަރީގައި އުޅޭ ކުދިންވެސް އެ އާއިލާގައި އެބަތިއްބެވެ.