މަޖިލީހުގެ މެންބަރުންނަށް ރަނގަޅަށް، ގާނޫނީ ވާޖިބަށް، ފަރުވާ ނުބެހެއްޓެވޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވީ، މިއަދު ކުރިއަށްދާ މަޖިލީހުގެ ޖަލްސާ ފެއްޓެވުމުގެ ގޮތުން ދެއްކެވި ވާހަކަފުޅުގައެވެ.

ނަޝީދު ވިދާޅުވީ މިއަދުގެ މަޖިލީހުގެ ތަޅުމުގައި ހާޒިރުވެވަޑައިގެން ތިއްބެވީ 24 މެންބަރުން ކަމަށާއި 6 މެންބަރުން ސަލާމުގައި އެބަ ތިއްބެވި ކަމަށާއި އަދި ރަސްމީ ދަތުރެއްގައި 3 މެންބަރުން އެބަތިއްބެވި ކަމަށެވެ.

މަޖިލީހުގެ ޖަލްސާގެ ތަޅުން - ގިނަ ގޮނޑިތައް ހުހަށް

ނަޝީދު ވިދާޅުވީ 87 މެންބަރުންގެ މަޖިލީހެއްގައި އަދި ގަވާއިދުން މުސާރަ ލިބޭ މަޖިލީހެއްގައި ހެނދުނުގެ ޖަލްސާ ފެށޭއިރު 24 މެންބަރުން ތިއްބެވުމަކީ ގާނޫނީ ވާޖިބަށް ފަރުވާތެރިކަން ނުބެހެއްޓެވޭ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

87 މެންބަރުންގެ މަޖިލީހެއްގައި އަދި ޤަވާއިދުން މުސާރަ ލިބޭ މަޖިލީހެއްގައި ހެނދުނުގެ ޖަލްސާ ފެށޭއިރުގައި 24 މެންބަރުން ތިބުމަކީ އަޅުގަނޑު ދެކޭ ގޮތުގައި އަޅުގަނޑުމެންގެ ޤާނޫނީ ވާޖިބަށް އަޅުގަނޑުމެންނަށް ފަރުވާތެރިކަން ނުބެހެއްޓެނީ،
ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު

މިއަދުގެ ޖަލްސާގައި ރައީސް ނަޝީދު ވަނީ މަޖިލީހުގެ ކޮމިޓީތަކުގެ ގިނަ މަސައްކަތްތަކެއް ހުރިކަން ފާހަގަކުރައްވާ އެ މަސައްކަތްތައް ހަލުވި ކުރުމަށް އެދިވަޑައިގެންފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މިދައުރުގެ ޖަލްސާތައް ފެއްޓުނުފަހުން މަޖިލީހުގެ ޖަލްސާތައް ފައްޓާއިރު ތިއްބަވަނީ މަދު މެންބަރުންނެވެ.