މިދިޔަ މަހު އަރިދަފުސް ރޯގާ ޖެހުނު މީހުންގެ އަދަދު 25،000 އަށް ވުރެ މައްޗަށް އަރާފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އެޗްޕީއޭއިން އާންމުކުރި ރޯގާގެ ގޮތުގައި ފެތުރެމުންދާ ބަލިތަކުގެ ހާލަތަށް ބަލާއިރު މިދިޔަ ޖުލައި މަހު އަރިދަފުސް ރޯގާ ޖެހިގެން 27553 މީހުން ދެއްކި އިރު، އޮގަސްޓު މަހުގެ ތެރޭގައި އަރިދަފުސް ރޯގާ ޖެހިގެން ދައްކާފައި ވަނީ 25،713 މީހުންނެވެ.

އެޗްޕީއޭއިން ބުނީ، ވޭތުވެދިޔަ އަހަރުގެ މިދުވަސްވަރާ އަޅާބަލާއިރު މިއަހަރު މިހާތަނަށް އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓު ކޮށްފައިވާ އިތުރު ކަމަށް އެޗްޕީއޭއިން ވަނީ ފާހަގަކޮށްފައެވެ.

ޑެންގީ ހުމަށް ބަލާއިރު ޖުލައި މަހު 322 މީހަކަށް އަދި އޮގަސްޓު މަހު 268 މީހަކަށް ޑެންގީ ހުން ވަނީ ޖެހިފައެވެ.

މީގެ އިތުރުން ބޭރަށް ހިނގުމާއި ހޮޑުލުމުގެ ކޭސްތަކަށް ބަލާއިރު މިދިޔަ ޖުލައި މަހު 3103 ކޭސް ރިޕޯޓް ކޮށްފައި ވެއެވެ. އަދި މިދިޔަ މަހުގެ ތެރޭގައި ރިޕޯޓްކޮށްފައި ވަނީ 3505 ކޭސްއެވެ.

އެޗްޕީއޭއިން ވަނީ ސިއްހީ ގޮތުން ރައްކާތެރިވުމަށް ހުރިހާ ފަރާތްތަކަކުން ފިޔަވަޅު އެޅުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.