އެއްވެސް އިރެއްގައި ވެރިކަން ވައްޓާލަން މަސައްކަތް ކުރައްވާފައި ނުވާނެ ކަމަށް ޗަންޕާ މުހައްމަދު މޫސާ (އުއްޗު) ވިދާޅުވެއްޖެއެވެ.
ޓީވީއެމްގައި ރޭ ވާހަކަ ދައްކަވަމުން އުއްޗު ވިދާޅުވީ ދިޓީވީ ހިންގަވަމުން ގެންދަވަނިކޮށް އޭރުގެ ރައީސް މައުމޫނު އަބްދުލްގައްޔޫމްގެ ސަރުކާރު ވައްޓާލަން ބަޔަކު އުޅުނު ދުވަސްވަރެއް އައި ކަމަށާއި އެ ވެރިކަން ވައްޓާލަން އުއްޗު އެހީވެދެއްވުމަށް އެމީހުން އެދުނު ކަމަށެވެ.
ސަރުކާރު ވައްޓާލަން އެހީވެ ވަޑައިނުގަންނަވާނެ ކަމަށާއި އެހެންނަމަވެސް "ތަށި ހޯދައިގެން އިނާމު ބަލާ އަންނަން" އެމީހުންނަށް ދެންނެވި ކަމަށް އުއްޗު ވިދާޅުވިއެވެ. އަދި މައުމޫންގެ ވެރިކަން ބަދަލުކޮށް ވެރިކަމަށް ވަޑައިގަތުމުން ދެ ބޭފުޅަކަށް 10 މިލިއަން ރުފިޔާ ދެއްވި ކަމަށްވެސް އުއްޗު ވިދާޅުވިއެވެ. އަދި އެވަރު މަދުވެގެން ވެސް އެ ދެ ބޭފުޅުން ޝަކުވާ ކުރެއްވި ކަމަށާއި ނަމަވެސް އިތުރު ފައިސާއެއް ނުދެއްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ރައީސް މައުމޫނުގެ ވެރިކަމަށް ފަހު ދެން އުފެނުނީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމެވެ. ނަމަވެސް އެ ފައިސާ ދެއްވީ ކޮން ދެބޭފުޅުންނަށް ކަމެއް އޭނާ ވިދާޅެއް ނުވެއެވެ.
ރާއްޖޭގައި އުފެދުނު އެންމެ ކާމިޔާބު އެއް ވިޔަފާރިވެރިޔާ އުއްޗު އަކީ ސިޔާސީ ވެރިންނާ ގާތް ގުޅުންތަކެއް ބާއްވަވާ ބޭފުޅެކެވެ. އޭގެތެރޭގައި ކުރީގެ ސަރުކާރުގެ ބައެއް އިސްވެރިންވެސް ހިމެނެއެވެ.
ވިޔަފާރީގެ ކާމިޔާބީއާ ގުޅޭ ގޮތުންނާއި އެންމެ ހިތްހަމަޖެހިވަޑައިގަންނަވާ މަސައްކަތްތަކާ ގުޅޭ ގޮތުން އުއްޗު ވިދާޅުވީ ޓްރީޓޮޕް ހޮސްޕިޓަލް ހުޅުވިގެން ދިއުމަކީ ލިބިވަޑައިގެންނެވި ވަރަށް ބޮޑު އުފަލެއް ކަމަށާއި ކޮވިޑް ތެރޭގައިވެސް ހިދުމަތް ދެވުމުން ވަރަށް ބޮޑަށް ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށެވެ.
އެކި ސަރުކާރުތަކުގެ ބޭފުޅުން އެދިވަޑައިގަތުމުން އެކި ކަންކަން ކޮށްދެެއްވާފައި ހުންނާނެ ކަމަށާއި އެގޮތުން އެކި ސަރުކާރުތަކުގައި ބައެއް ތަންތަނުގެ ލޯނު ވެސް އަދާކޮށްދެއްވާފައި ވާނެ ކަން ފާހަގަކުރައްވައި އުއްޗު ވިދާޅުވީ ކޮވިޑް 19 ގެ ތެރޭގައި ޓްރީޓޮޕް ހޮސްޕިޓަލް ވެސް ތިންް މަސް ދުވަހަށް ހިލޭ ސަރުކާރަށް ދެއްވާފައި ވާނެ ކަމަށެވެ.
ރާއްޖެއަށް ހިއްސާގެ ބާޒާރު ތައާރަފު ކުރުން ފަދަ ކަންކަމުގެ މުގުލުގައި ހުންނެވީ އުއްޗު އަކީ ރާއްޖޭގައި އެންމެ ފުރަތަމަ ފަރަހަށް ފަޅެއް ހިއްކަވައިގެން ރަށެއް އުފެއްދެވި މޭސްތިރިއާއެވެ. އިގްތިދާސީ ގޮތުން ރާއްޖެއަށް ގިނަ ހިދުމަތްތަކެއް ކުރައްވާފައިވާ އުއްޗުއަކީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ގޭސް ޕްލާންޓްވެސް ހެއްދެވި ފަރާތެވެ.
މޮޅުވެގެން އިނާމުދިނީ. ވެރިކަން ލިބުނުފަރާތަށް ރިސްވަތު ދިނީ ސަރުކާރުން ކަންކަން ފަހި ކުރުމަށް. ވަރަށް ގިނަ ރަށްތައް ލިބި ކަންކަން ފަހިކޮށްދީފައި ވާކަން ދިވެހިރައްޔިތުންނަށް ފެނިފައި ވަނީ
ނޭނގި ނަމަވެސް ބައިވެރިވެވިފަ ތިއޮތީ.