މީހަކު އަޅާ ހެދުމާ ގުޅިގެން ފުރައްސާކުރުން ބަލައި ނުގަނެވޭނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
އިމްރާން މިހެން ވިދާޅުވީ، މޫނު ބުރުގާ އަޅައިގެން ދިޔަ އަންހެނަކަށް މާލޭގެ މަޖީދީ މަގުން ރޭ ފޮށުނު މައްސަލައެއް ފެންމަތިވުމާ ގުޅިގެންނެވެ.
އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ހެދުން އަޅާ ގޮތާ ގުޅިގެން ފުރައްސާރަ ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި ވަކިން ހާއްސަކޮށް އިސްލާމީ މުޖުތަމައުއެއްގައި ނިގާބްވެގެން ތިބޭ އަންހެނުންނަށް ފުރައްސާރަކޮށް ގަޔަށް އަތްލުމަކީ އަޅާނުލާ ދޫކޮށްލެވޭނެ ކަމެއް ނޫން ކަމަށެވެ.
މިފަދަ މައްސަލަތައް ހައްލުކުރުމަށް ހާއްސަ އިސްކަމެއް ދެއްވާނެ ކަމަށް އިމްރާން ވިދާޅުވިއެވެ.
އެކަން ކުރިމަތިވި ކަމަށް ބުނާ އަންހެން މީހާ، ރޭ ކުރި ޓްވީޓެއްގައި ބުނީ، މަޖީދީ މަގުން ލާފައި ގެއަށް ދަނިކޮށް ފިރިހެނަކު އޭނާއާ ފޮށިފައިވާ ކަމަށެވެ.
އެ މީހާ ވަނީ އެ އަންހެންމީހާގެ ކަންފަތް ކައިރީގައި "އޭ ނިންޖާ" އޭ ކިޔާ އެމީހާ ހަޅޭއްލަވައިގެންފައި ވާ ކަމަށާއި ބުރުގާގައި ހިފައި ދަމައިގަތް ކަމަށް ވެސް ބުނެފައެވެ.
އެ ޓްވީޓާ ގުޅިގެން ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކުރަމުން އަންނަ އިރު ފުލުހުން ބުނީ، އެ މައްސަލަ ފުލުހަށް ހުށަހަޅާފައި ނުވާ ކަމަށެވެ.
ޖެންޑާ މިނިސްޓްރީން މާ ކަންބޮޑެއްނުވޭ ދީނީ ކަންކަމަށް އިސްކަންދޭ އުޚްތުންނަށް ފުރައްސާރަ ކުރިޔަކަސް. ތަފާތު ކުރުމުގެ އިންތިހާ.