އުރީދޫ މޯލްޑިވްސްއިން ހަތަރު ގުނަ އާ ހަމައަށް އިތުރު ޑޭޓާ އެލަވަންސް އާއެކު އާޗާ ޕްރީޕެއިޑް ކަސްޓަމަރުންނަށް ހާއްސަ އޮފާއެއް މިއަދު ތައާރަފް ކޮށްފިއެވެ.

އުރީދޫ އިން ބުނީ، މި އޮފާ މެދުވެރިކޮށް މުޅި ހަފްތާއަށް ނުވަތަ މުޅި މަހުގެ ނިޔަލަށް 210 ޖީބީ އާ ހަމައަށް ޑޭޓާ އާއެކު އަންލިމިޓަޑް އުރީދޫ ކޯލްސް ލިބޭނެ ކަމަށެވެ. އަދި އާޗާ ޕްރިޕެއިޑް ޕްލޭންސް، މާކެޓްގައި ޕްރީޕެއިޑް ކަސްޓަމަރުންނަށް އެންމެ ގިނަ ފައިދާތައް ލިބޭ ޕްލޭންތައް މި އޮފާ އާއެކު ވަނީ އިތުރަށް ފުރިހަމަވެފައި ކަމަށް އެ ކުންފުނިން ބުނެއެވެ. އެ ގޮތުން އުރީދޫ ވޯލްޑް ކަޕް ފޯރި ކެމްޕެއިންގެ ދަށުން ސެމީ ފައިނަލް މެޗެއް ބަލާލަން ގަތަރަށް ދިއުމުގެ ފުރުސަތު ވެސް ލިބޭނެ ކަމަށް އުރީދޫ އިން ބުނެއެވެ.

އާޗާ ޕްރިޕެއިޑް ޕްލޭންސް އިން ލިބޭ ބޯނަސް އެލަވަންސް

  • އާޗާ ޕްރީޕެއިޑް: ދުވާލަކު 4 ޖީބީ އަކީ 150 ރުފިޔަ ދީގެން 7 ދުވަހަށް ބޭނުން ކުރެވޭ ޕްލޭނެކެވެ. އާންމުކޮށް 1 ޖީބީ ޑޭޓާ ލިބޭ އިރު އޭގެ އިތުރުން 2 ޖީބީ ބޯނަސް ޑޭޓާ އަދި 1 ޖީބީ ސޯޝަލް މީޑިއާ އާއި ސްޓްރީމިންއަށް ދެވޭ ބޯނަސް ޑޭޓާ ހިމެނެއެވެ. އަދި އުރީދޫ ނަންބަރުތަކަށް އަންލިމިޓެޑް ކޯލް މި ޕްލޭންގެ ދަށުން ކުރެވޭނެއެވެ.
  • އާޗާ ޕްރީޕެއިޑް: ދުވާލަކު 5 ޖީބީ އަކީ 500 ރުފިޔާ ދީގެން 30 ދުވަހަށް ބޭނުން ކުރެވޭ ޕްލޭނެކެވެ. އާންމުކޮށް 1 ޖީބީ ޑޭޓާ ލިބޭ އިރު އެގެ އިތުރުން 2 ޖީބީ ބޯނަސް ޑޭޓާ އަދި 1 ޖީބީ ސޯޝަލް މީޑިއާ އާއި 1 ޖީބީ ސްޓްރީމިންއަށް ދެވޭ ބޯނަސް ޑޭޓާ ހިމެނެއެވެ. އަދި އުރީދޫ ނަންބަރުތަކަށް އަންލިމިޓެޑް ކޯލް މި ޕްލޭންގެ ދަށުން ކުރެވޭނެއެވެ.
  • އާޗާ ޕްރީޕެއިޑް: ދުވާލަކު 7 ޖީބީ އަކީ 750 ރުފިޔާ ދީގެން 30 ދުވަހަށް ބޭނުން ކުރެވޭ ޕްލޭނެކެވެ. އާންމުކޮށް 2 ޖީބީ ޑޭޓާ ލިބޭ އިރު އެގެ އިތުރުން 1 ޖީބީ ބޯނަސް ޑޭޓާ އަދި 2 ޖީބީ ސޯޝަލް މީޑިއާ އާއި 2 ޖީބީ ސްޓްރީމިންއަށް ދެވޭ ބޯނަސް ޑޭޓާ ހިމެނެއެވެ. އަދި އުރީދޫ ނަންބަރުތަކަށް އަންލިމިޓެޑް ކޯލް މި ޕްލޭންގެ ދަށުން ކުރެވޭނެއެވެ.

މި ޕްލޭންތައް ފަރުމާކޮށްފައި ވަނީ ކަސްޓަމަރުން ކޮންމެ ތަނަކު، ކޮންމެ ވަގުތެއްގައި ވެސް އާއިލާ އާއި ރައްޓެހިންނާ ގުޅުވައިލަދީ އަދި ސްޓްރީމިން ޕްލެޓްފޯމްތައް މެދުވެރިކޮށް ފިލްމް އަދި ސީރީޒްތައް ވެސް އިތުރު ހާސްކަމެއް ނެތި ބަލާލެވޭ ގޮތަށް ކަމަށް އުރީދޫން ބުނެއެވެ. އާޗާ ޕްރީޕެއިޑް ނަގާ ފަރާތްތަކަށް ލިބޭ ބޯނަސް ޑޭޓާ ވަނީ ރެގިއުލާ ޑޭޓާގެ އިތުރުން ސޯޝަލް މީޑިއާ އެޕްތައް އަދި ސްޓްރީމިންގް އެޕްތަކަށް ހާއްސަކޮށް ބަހާލެވިފައި ކަމަށް ވެސް އުރީދޫން ބުނެއެވެ. ސޯޝަލް މީޑިއާ އަދި ސްޓްރީމިންގް އެޕްތަކުގެ ތެރޭގައި ނެޓްފްލިކްސް، އައިފްލިކްސް، ސޮނީލިވް، ޓިކްޓޮކް، ސައުންޑްކްލައުޑް، ސްޕޮޓިފައި، ސްނެޕްޗެޓް، ޓްވިޓާ، އިންސްޓަގްރާމް، ވީޗެޓް، ވަޓްސްއަޕް، ވައިބާ، ޓެލަގްރާމް، ފޭސްބުކްގެ އިތުރުން ޕިންޓަރެސްޓް ހިމެނެއެވެ.

އާޗާ ޕްރިޕެއިޑް ޕްލޭންސް އެކްޓިވޭޓްކޮށްލުމަށް އުރީދޫ އެޕް މެދުވެރިކޮށް އެކްޓިވޭޓް ކުރެވޭނެއެވެ. އެސްއެމްއެސް މެދުވެރިކޮށް އެކްޓިވޭޓްކޮށްލުމަށް ކީވޯޑް “UD150” (އާޗާ 1ޖީބީ/ޑޭ ވީކްލީ ޕެކް)، “UD500” (އާޗާ 1ޖީބީ/ޑޭ މަންތްލީ ޕެކް)، UD750” (އާޗާ 2ޖީބީ/ޑޭ މަންތްލީ ޕެކް) ޖެއްސެވުމަށްފަހު 5555 އަށް ފޮނުވާލުމުން އެކްޓިވޭޓް ކޮށްލެވޭނެއެވެ. ހަމައެއާއެކު 1#*929* އަށް ޑައަލް ކޮށްލައިގެން ވެސް އެކްޓިވޭޓްކޮށް ލެވޭނެއެވެ.

އައު ކަސްޓަމަރުން އާޗާ ޕްރިޕެއިޑް ނެގުމަށް އުރީދޫ ޝޮޕް ނުވަތަ އުރީދޫ ޕާޓްނާ ޝޮޕެއް މެދުވެރިކޮށް ސްޓޭންޑާޑް ޕްރީޕެއިޑް ޕްލޭނެއް ނަގައި އުރީދޫ އެޕް، އެސްއެމްއެސް ނުވަތަ 1#*929* އަށް ޑައަލް ކޮށްގެން އެކްޓިވޭޓްކޮށް ލެވޭނެއެވެ.