މިނީ ބަސްތަކަށް އުނދަގޫވާ ގޮތަށް ޕާކްކޮށްފައި ހުންނަ އުޅަނދުފަހަރު ނަގާނެ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ، މިނި ބަސްތަކަށް އުނދަގޫވާ ގޮތަށް ޕާކްކޮށްފައި ހުންނަ އުޅަނދުފަހަރުގައި އިސްޓިކާ ޖަހާނެ ކަމަށެވެ. އަދި އެ ސަރަހައްދުތަކުން އުޅަނދުފަހަރު ނަގަން ޖެހިއްޖެ ހާލަތެއްގައި ނަގާނެ ކަމަށް ވެސް ބުންޏެވެ.

އިއްޔެ މާލޭގައި މިނީ ބަހުގެ ހިދުމަތް ވަނީ ފަށައިފައެވެ. އެހެންވެ، މަޖީދީމަގާއި އަމީނީމަގުގައި އުޅަނދުފަހަރު ޕާކްކުރުން މަނާކޮށްފައިވާއިރު، އޯކިޑްމަގާއި ފަނޑިޔާރުމަގުގައި ޕާކްކުރުމުގެ އުސޫލުތަކަށް ވަނީ ބަދަލު ގެނެސްފައެވެ.

ފުލުހުންގެ އެދުމަށް ސިޓީ ކައުންސިލުން ދަނީ މާލޭގެ ސަރަހައްދުތަކުގައި ޕާކިން ޒޯނުތައް ހަދަމުންނެވެ. އޭގެ ތެރެއިން މިހާރު ބައެއް ޒޯނުތައް ބޭނުންކުރަން ފަށާފައިވެސް ވެއެވެ.

ނަމަވެސް، އަދިވެސް ބަސް ހުއްޓި ހުންނަ ސަރަހައްދުތަކުގައި އުޅަނދުފަހަރު ޕާކްކުރަމުން ދެއެވެ. އަދި އެފަދަ މައްސަލަތަކެއް އިއްޔެ ފެންމަތިވެފައިވެސް ވެއެވެ.