ގއ. ދާންދޫ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

ދާންދޫ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރުމުން އެމްޓީސީސީން ބުނީ، މި މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން، 81،404 ކިއުބިކް މީޓަރު ބަނދަރު ފުންކުރުމާއި، 333 މީޓަރު ބޭރުތޮށި ޖެހުމާއި، 370 މީޓަރު ރިވެޓްމެންޓް ޖެހުމާއި، 30 މީޓަރު ގްރޮއިން ޖެހުމާއި، 529 މީޓަރު އެއްގަމު ތޮށި ޖެހުން ހިމެނެއެވެ. މީގެ އިތުރުން 104 މޫރިން ރިންގު ހަރުކުރުމާއި، 10 މޫރިން ބޮއި ހަރުކުރުން ފަދަ މަސައްކަތްތައް ވެސް މިމަޝްރޫއުގެ ދަށުން ކުރާނެއެވެ. އެ މަޝްރޫއުގެ ދަށުން އިތުރަށް ކުރާ މަސައްކަތްތަކަކީ:

  • 30 މީޓަރު 4 މީޓަރުގެ ކޮންކްރީޓް ބްރިޖެއް އެޅުން
  • 100 މީޓަރު 3 މީޓަރުގެ ކޮންކްރީޓް ޖެޓީ އެޅުން
  • 10 މީޓަރު 9 މީޓަރު ރޭމްޕެއް ހެދުން
  • 3747.71 އަކަ މީޓަރުގެ ޕޭމަންޓެއް ހެދުން
  • 36 މަގުބައްތި ޖެހުންދެ ނެރު ބައްތި ހަރުކުރުން

ހަތަރު ސަތޭކަ އަށްޑިހަ ފަސްދުވަހުގެ ތެރޭގައި ނިންމާ ގޮތަށް މި މަޝްރޫއު ހަވާލުކުރީ 71 މިލިއަން ރުފިޔާއަށެވެ.