ސެމްސަންގުން އެންމެ ފަހުން މާކެޓަށް ނެރުނު ފަތްޖަހާލެވޭ ފޯނު އުރީދޫގެ މޫލީ އިން ލިބޭނެ ކަމަށް އެކުންފުނިން ބުނެފިއެވެ.

އުރީދޫން ބުނީ، ހުރިހާ ކަސްޓަމަރުންނަށް ވެސް "ސެމްސަންގް ޒީ ފޯލްޑް" ފޯނު "މޫލީ" މެދުވެރިކޮށް މިހާރު ގަނެލެވޭނެ ކަމަށެވެ. އަދި މޫލީ އެޕް މެދުވެރިކޮށް ގަތުމުން، ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް ޑެލިވާ ކޮށްދޭނެ ކަމަށާއި ކޮންމެ ހިސާބެއްގައި އެމީހަކު ހުރި ނަމަވެސް އެމީހާގެ އެޑްރެހަށް އެ ފޯނު ގެންގޮސް ދޭނެ ކަމަށް އުރީދޫން ބުނެއެވެ.

ސެމްސަންގް ޒީ ފޯލްޑް ފޯނަކީ މާކެޓުގައި މިހާރު ހުރި އެންމެ އަގު ބޮޑު ފޯނުތަކުގެ ތެރޭގައި ހިމެނޭ ފޯނެކެވެ. 7.6 އިންޗީގެ ޑިސްޕްލޭއެއް ހުންނަ ފަތް ޖަހާލެވޭ އެ ފޯންގެ 25 ޖީބީގެ ފެންޓަމް ބްލެކް މޫލީން ލިބެން އެބަހުއްޓެވެ.

5G އެކުލެވޭ މި ސްމާޓް ފޯނުގެ ބޮޑު ސްކްރީން ގެ ސަބަބުން، ފަސޭހަ ކަމާއެކު ގިނަ ކަންކަން ކޮށްލެވޭނެއެވެ. ސެމްސަންގް ޕްރިމިއަމް މި ފޯން މޯލްޑިވްސް އިސްލާމިކް ބޭންކުގެ އިންސްޓޯލްމަންޓް ސްކީމު މެދުވެރިކޮށް ވެސް ގަނެވޭނެ ކަމަށް އުރީދޫން ބުނެއެވެ.