ހިޔާ ފްލެޓްގެ 13 ވަނަ ބުރިން ވެއްޓެން އުޅުނު މީހަކު ސަލާމަތް ކޮށްފިއެވެ.

ފުލުހުން ބުނީ، ހިޔާ ފްލެޓެއްގެ 13 ވަނަ ފަންގިފިލާއިން ވެއްޓެން އުޅެނިކޮށް ސަލާމަތް ކުރީ ކުޑަ އަންހެން ކުއްޖެއް ކަމަށެވެ. ނަމަވެސް ފަހުން ބުނީ އެއީ 18 އަހަރުގެ އަންހެނެއް ކަމަށެވެ.

މިކަމާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި ހާދިސާ ހިނގާފަިއވަނީ ކިހިނެތް ކަން ސާފު ނުވިނަމަވެސް، ވެއްޓެން އުޅުނު މީހާގެ އުމުރުން ވާނީ 18 ވަރަކަށް އަހަރު ކަމަށާއި އެއީ ހިޔާ ފްލެޓް 1 ކަމަށް ވަނީ ފަހުން އެނގިފައެވެ.

އެ މީހާ ސަލާމަތް ކުރީ އެ ފްލެޓްގެ 12 ވަނަ ފަންގިފިލާގެ އެ އެޕާޓްމެންޓާ ދިމާވާ އެޕާޓްމެންޓުގެ ބެލްކަނިން ބަޔަކު ނުކުމެ އެމީހާގެ ފައިގައި ހިފަހައްޓައިގެންނެވެ.

މިއީ ހިޔާ ފްލެޓެއްގައި މިފަދަ ހާދިސާއެއް ދިމާވި ފުރަތަމަ ފަހަރެވެ.

މީގެ ކުރިން ހުޅުމާލެ ފްލެޓްގެ 3 ވަނަ ބުރިން އަންހެނަކު ވެއްޓި ވަނީ އަނިޔާވެފައެވެ.