އުރީދޫގެ ޑިޖިޓަލް ވޮލެޓު، އެމް ފައިސާއިން ހިދުމަތްތަކަށް ދައްކާ ފައިސާގެ 5 ޕަސެންޓް އަނބުރާ ލިބޭ، ކޭޝްބެކް އޮފާއެއް އެ ކުންފުނިން އިއުލާންކޮށްފިއެވެ.
އުރީދޫއިން ބުނީ މިއަދު އެ ކުންފުނިން ތައާރަފްކުރި އެ ހާއްސަ އޮފާއާއެކު އޮކްޓޯބަރު މަހުގެ ނިޔަލަށް ކޭޝްބެކް ލިބޭނެ ކަމަށެވެ.
ޔުޓިލިޓީ ބިލްތަކަށް ފައިސާ ދެއްކުމުގެ އިތުރުން އެމް ފައިސާ މެދުވެރިކޮށް ސްކޫލް ފީއާއި ކައްކާ ގޭހައް އޯޑަރުކޮށް ފައިސާ ދައްކާ ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށްވެސް ކޭޝްބެކް އޮފާ ލިބޭއިރު އެ ޕްލެޓްފޯމްގައި ޔޫޓިލިޓީ ޕޭމަންޓް އޮޕްޝަންތަކުގެ ތެރޭގައި އެމްޑަބްލިއުއެސްސީއާއި ސްޓެލްކޯއާއި މީޑިއާނެޓާއި ވިލާ ގޭހާއި މޯލްޑިވް ގޭސް އަދި އަމާނާ ތަކަފުލް ހިމެނޭނެ ކަމަށް އުރީދޫއިން ބުނެއެވެ.
މީގެ އިތުރުން ބްރޭންޑްލޫމާއި ކޮފީ ލެބް މޯލްޑިވްސާއި މެންގޯއާއި ސޮނީ ލައިފްސްޓައިލާއި ސެންޓްރަލް ޕާކާއި ސްކައިފޯލް އަދި މިނޫންވެސް ގިނަ ފިހާރަތަކާއި ރެސްޓޯރެންޓްތަކާކުން ވަނީ އެމް-ފައިސާ މެދުވެރިކޮށް ފަސޭހަކަމާއެކު ފައިސާ ދެއްކޭނެ މަގުފަހިކޮށްދީފައެވެ.
އުރީދޫއިން ބުނީ އެ ޕްރޮމޯޝަންގެ މުއްދަތުގައި އެމް ފައިސާ މެދުވެރިކޮށް ފައިސާ ދައްކާ ކްލަބް ޕްރިމިއާ މެމްބަރުންނަށް ފައިސާ ދައްކާ ނިމުމުން ކޭޝްބެކް ވޮލެޓަށް ކްރެޑިޓް ވި ކަމުގެ އެސްއެމްއެސް އެއް ލިބޭނެ ކަމަށާއި ސުޕަނެޓް 40އެމް ނުވަތަ ޕޯސްޓްޕެއިޑް 1000 ރުފިޔާ އަދި އެއަށްވުރެ މަތީގެ ޕެކޭޖްތަކަށް ސަބްސްކްރައިބް ކުރާ މިހާރުގެ އަދި އާ ކަސްޓަމަރުންނަށް ކްލަބް ޕްރިމިއާގެ ހާއްސަ އޮފާތައް ލިބިގެންދާނެ ކަމަށެވެ. އަދި އުރީދޫ ވެބްސައިޓުން ޕެކޭޖް އަޕްގްރޭޑް ކޮށްލެވޭނެއެވެ.
އެމް ފައިސާއަށް ރެޖިސްޓަރީކުރުމަށް އުރީދޫ އެޕް ޑައުންލޯޑްކުރުމަށްފަހު އެމް-ފައިސާ ހިޔާރުކޮށް ރެޖިސްޓްރޭޝަންއަށް ފިތާލާނީއެވެ. އަދި މައުލޫމާތު ފުރިހަމަކުރެއްވުމަށްފަހު އެކައުންޓް އެކްޓިވޭޓް ކުރެއްވުމަށް ލިބޭ އޯޓީޕީ ނަންބަރު ޖަހާ މޮބައިލް ނަންބަރު ޖެއްސެވުމަށްފަހު ހަތަރު އަކުރުގެ ޕިން ނަންބަރެއް ޖަހަނީއެވެ. އަދި ދެވަނަ ފަހަރަށް މޯބައިލް ނަންބަރު ޖެހުމަށްފަހު ކުރިން ޖެހި ޕިން ނަންބަރު ޖަހާ ފޯނަށް ލިބޭ އޯޓީޕީ ނަންބަރު ޖެހުމުން ރެޖިސްޓްރޭޝަން ފުރިހަމަވާނެއެވެ.