އަންހެނަކާއި ފިރިހެނަކާ ދެމެދު ހިނގި ހަމަނުޖެހުމެއްގައި ފިރިހެން މީހާގެ ކަރަށް ވަޅި ހަރައި ޒަހަމް ކޮށްލައިފިއެވެ.

ފުލުހުން ބުނީ، މީހަކަށް އަނިޔާއެއް ލިބިގެން އޭޑީކޭގައި ފަރުވާދެމުންދާ ކަމުގެ މައުލޫމާތު ރޭގެ ވަގުތެއްގައި ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

މިކަމާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައި ވާކަމެއް އަދި ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މީހެއްގެ ކަރަށް ވަޅި ހަރާ ޒަހަމްކޮށްލައިގެން ފަރުވާދެމުން އަންނަނީ ދެމަފިރިއެއް ދެމެދުގައި ހިނގި ހަމަނުޖެހުމެއްގެ ތެރެއިންނެވެ.

މީގެ ކުރިން ވެސް ދެމަފިރިންގެ ދެމެދުގައި ހަމަނުޖެހުންތައް ހިނގައި މިފަދަ ބައެއް ހާދިސާތައް ވަނީ ހިނގާފައެވެ.