ރަތްމަންދޫގެ ލަފާފުރުމުގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން އެރަށުގައި ބަނދަރެއް ހައްދަވައި ދެއްވާނެކަމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހު މިފަދައިން ވިދާޅުވީ ރަތްމަންދޫ ރައްޔިތުންނާއިއެކު މިއަދު އެރަށުގައި ބޭއްވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ސޯލިހު ވިދާޅުވީ މި ސަރުކާރުން ކުދި ރަށްރަށަށްވުރެ އާބާދީ ބޮޑު ރަށްތަކަށް ދެވޭ ސަމާލުކަން ބޮޑުވެފައި އޮތް ނަމަވެސް މި ސަރުކާރު އައުމަށްފަހުގައި އެއްވެސް ރަށެއް ތަފާތު ނުކޮށް ދިވެހި ކޮންމެ ރައްޔިތަކަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
ރަތްމަންދޫއަށް ދިމާވެފައިވާ ލަފާފުރުމުގެ ދަތިކަން ހައްލުކުރުމަށާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް އެއް މަޝްރޫއެއްގެ ގޮތުގައި ކުރިޔަށް ގެންދެވުމަށް މަސައްކަތްކޮށްދެއްވާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.
މިހާރު ރަތްމަންދޫގައި ހިނގަމުންދާ މަޝްރޫއުތަކުގެ ތެރެއިން ފެނުގެ މަޝްރޫއު ޑިސެމްބަރުމަހުގައި ނިމޭއިރު ނަރުދަމާގެ މަސައްކަތް އަންނަ އަހަރުގެ މާރިޗު މަހުގައި ނިމޭނެކަން އެ މަޝްރޫއު ހިންގަމުންދާ ފެނަކަ ކޯޕަރޭޝަނުން މައުލޫމާތު ދެއްވާފައިވާ ކަމަށާއި ރަތްމަންދޫގައި ފުޓްސަލްދަނޑެއް އެޅުމާއި ވޮލީކޯޓެއް އެޅުމުގެ މަސައްކަތް މިހާރުވަނީ ބީލަމުގެ މަރުހަލާގައިކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.
ހިޔަޅުވެސް ތިކަހަލަ ބުއްދިއެއް ކޮށްގެން ކާޅަށް ވަރަށް ޚުޝާމަދުކުރި، އެއްމެފަހުން އާޚިރުގާ ވީގޮތަކީ ކާޅު އަނގައިއޮތް ރޮށިކޮޅު ކާލައިގެން ބެޗީ.