މާލޭގެ އަމީނީ މަގާއި މަޖީދީ މަގުގައި ޕާކިން ޒޯންތަކެއް ހެދުމުގެ މަސައްކަތް ސިޓީ ކައުންސިލުން ކުރަމުން އަންނަ ކަމަށް އެ ކައުންސިލުން ބުނެފިއެވެ.
ސިޓީ ކައުންސިލުން އެ މަސައްކަތް ކުރަމުން އަންނަނީ މިނީ ބަހުގެ ހިދުމަތް ފެށުމަށްޓަކައި މަޖީދީ މަގުގައި ވެހިކަލް ޕާކު ނުކުރެވޭ ގޮތަށް ނިންމުމާ ގުޅިގެން ގިނަ ބަޔަކަށް އެކަމުގައި އުނދަގޫތަކެއް ކުރިމަތިވަމުން އަންނަ ދަނޑިވަޅެއްގައެވެ.
އަމީނީ މަގު މާފަންނު ސްޓޭޑިއަމް ސަރަހައްދުގެ އެއް ބައިގައި ހަދަމުން އަންނަ ޕާކިން ޒޯނު ހާއްސަ ކުރާނީ މިހާރު އެ ސަރަހައްދުގައި ޕާކު ކުރަމުން އަންނަ ވެހިކަލްތަކަށް ކަމަށްވާއިރު މަޖީދީ މަގު މުނި އުފާ ހުންނަ ސަރަހައްދުގައި ޕާކިން ޒޯނެއް ހެދުމުގެ މަސައްކަތް މިރޭ ފަށުމަށް ވަނީ ނިންމާފައެވެ.
މަޖީދީ މަގާއި ތިން ޕާކިން ޒޯން އަދި އަމީނީ މަގުގައި މިހާރުވެސް ހަތަރު ޕާކިން ޒޯނެއް ހުރިއިރު މަޖީދީ މަގުގައި ހުރި ޕާކިން ޒޯންތަކުގެ ތެރޭގައި ހިމެނެނީ މާފަންނު ސަރަހާ ކައިރި އާއި ބިއްލޫރިޖެހިގެ ހިންގި އިމާރާތާ ޖެހިގެން އޮންނަ ހުސް ބިން އަދި ހީނާމާގެ ޕާކިން ޒޯނެވެ. އަދި އަމީނީގު ފުޑް ކޯޓް ސަރަހައްދާއި ފިނޭންސް މިނިސްޓްރީ ކައިރި އާއި އެމްއެންޔޫގެ ފެކަލްޓީ އޮފް އެޑިއުކޭޝަން ހުންނަ އިމާރާތުގެ ކުރިމަތީގައި އޮންނަ ހުސް ބިމުގެ އިތުރުން ކޭއެފްސީ ކައިރީ ޕާކިން ޒޯނެއް ވަނީ ހަދާފައެވެ.
މަގުތަކުގައި ޕާކިންގ ހެދުމަށް ވުރެ ސަޅިވާނީ އިމާރާތްތަކުގެ ތެރޭގައި ޕާކިންގ ހެދުން.