ޖަލުތަކުގެ ފްރަންޓް ލައިންގައި ހަރަކާތްތެރިވާ އޮފިސަރުން ބޮޑީވޯން ކެމެރާ ބޭނުންކުރަން ފަށައިފިއެވެ.

ޖަލުތަކުގެ ކަންކަން ބަލަހައްޓާ ކަރެކްޝަންސް އިން ބުނީ، ބޮޑީވޯން ކެމެރާ ތައާރަފް ކުރުމަކީ ގައިދީންނާއި ޖަލު އޮފިސަރުންގެ ރައްކާތެރިކަމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.

އެ އިދާރާ އިން ފާހަގަކުރި ގޮތުގައި ބޮޑީވޯން ކެމެރާގެ ސަބަބުން:

  • ޖަލު އޮފިސަރުން ކުރިއަށް ވުރެ ޒިންމާދާރުކުރެވި، ޖަވާބުދާރީކުރެވޭނެ
  • ޖަލުތެރޭ ހިނގާ ހާދިސާތައް ތަހްގީގު ކުރުމަށް ފަސޭހަވެގެން ދާނެ

އޭގެ އިތުރުން، ޖަލުތެރޭގައި އީއެސްޖީ އޮފިސަރުން ހިންގާ އޮޕަރޭޝަންތަކުގައި ވެސް ބޮޑީވޯން ކެމެރާ ބޭނުންކުރާނެ ކަމަށް ކަރެކްޝަންސް އިން ބުންޏެވެ.

ކަރެކްޝަންސް އިން ބުނީ، އޮފިސަރުން ބޮޑީވޯން ކެމެރާ ބޭނުންކުރަން ފަށާފައި ވަނީ ފްރީ ޓްރަޔަލް އެއްގެ ގޮތުން ކަމަށާއި، މުސްތަގްބަލުގައި ދާއިމީކޮށް އެ ކެމެރާތައް ބޭނުންކުރަން ފަށާނެ ކަމަށެވެ.

ކަރެކްޝަންސްގެ އިތުރުން، މިދިޔަ ފެބްރުއަރީ 13 އިން ފެށިގެން ފުލުހުން ވަނީ ބޮޑީވޯން ކެމެރާ ބޭނުންކުރަން ފަށައިފައެވެ.