އުރީދޫއިން ސ. ހިތަދޫގައި ގާއިމް ކުރެވިފައިވާ އެކްސްޕީރިއަންސް ސެންޓަރު (އޯއީސީ) އަދި ކްލަބް ޕްރީމިއާ ލައުންޖް އަލުން އަޕްގްރޭޑްކޮށް ހުޅުވައިލައިފިއެވެ.

އުރީދޫއިން ބުނީ އުރީދޫގެ އައު ޓެގްލައިން "އަޕްގްރޭޑް ޔޯ ވޯލްޑް" ގެ ދަށުން އުރީދޫ އެކްސްޕީރިއަންސް ސެންޓަރަށް މި ބަދަލު ގެނެވިފައިވަނީ އައްޑު އަތޮޅުގައި ހަލުވިކަމާއެކު ކުރިއަރަމުން އަންނަ އުރީދޫ ކަސްޓަމާ ބޭސްއަށް ދުނިޔޭގެ ފެންވަރުގެ ހިދުމަތެއް ކަށަވަރުކޮށްދިނުމުގެ ގޮތުން ކަމަށެވެ.

ހިތަދޫ ލިންކް ރޯޑްގައި ގާއިމްކުރެވިފައިވާ އޯއީސީ ފަރުމާކުރެވިފައިވަނީ އުރީދޫއިން ފޯރުކޮށްދޭ ތަފާތު ހިދުމަތްތައް ހިތަދޫގައި އިތުރުވަމުންދާ އެކުންފުނީގެ ކަސްޓަމަރުންނަށް އެންމެ ހިތްހަމަޖެހޭ ފެންވަރުގައި ފޯރުކޮށްދެވޭނެ މާހައުލެއް ފަހިވާނެ ގޮތަށެވެ.

އުރީދޫ ހިތަދޫ ސެންޓަރު އަޕްގްރޭޑްކޮށި

މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ހިތަދޫ އޯއީސީ އާއި ކްލަބް ޕްރިމިއާ ލައުންޖް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ހާލިދު އަލް ހަމާދީ ގެ އިތުރުން ޗީފް ކޮމާޝަލް އޮފިސަރު، ހުސައިން ނިޔާޒް އަދި ހެޑް އޮފް ކަސްޓަމާ ކެއާގެ ދިޔާނާ އަފީފްއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހާލިދު ވިދާޅުވީ ކަސްޓަމަރުންގެ އިތުރުވަމުން އަންނަ ބޭނުންތަކާއި އެއްގޮތަށް ހިދުމަތެއް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން އީއީސީ އަދި ކްލަބް ޕްރިމިއަރ މެމްބަރުންނަށް ހާއްސަ ލައުންޖަކާއެކު އަޕްގްރޭޑް ކޮށް އަލުން ހުޅުވާކަމީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"ޑިޖިޓަލް ސެލްފް ސާވިސް ޕޯޓަލްތަކުގެ އިތުރުން، އަޅުގަނޑުމެންގެ ހުރިހާ ޓަޗްޕޮއިންޓްތަކެއްގައި ވެސް ކަސްޓަމަރުންގެ ތަޖުރިބާ އިތުރު ހަރުފަތަކަށް ގެންދިޔުމަށް އަޅުގަނޑުމެން އަބަދުވެސް ޙާއްސަ އަހައްމިޔަތުކަމެއްދެން. އެގޮތުން މި ގެނެވުނު ބަދަލާއެކު އަޅުގަނޑުމެންގެ އުއްމީދަކީ އުރީދޫ ހިދުމަތްތައް ލިބިގަތުމުގައި އައްޑޫ ސިޓީގެ ކަސްޓަމަރުން އިތުރު ފަސޭހައެއް ލިބިގެންދިއުން. އަޅުގަނޑުމެންގެ ބްރޭންޑް ޓެގްލައިން "އަޕްގްރޭޑް ޔޯ ވޯލްޑް" އާއި އެއްގޮތައް ކަސްޓަމަރުން އަޅުގަނޑުމެންނާ އެކު ކުރެވޭ ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމަށް އަބަދުވެސް މަސައްކަތް ކުރަމުންދާނެ ކަމުގެ ޔަގީންކަން އަރުވަން."
އުރީދޫ މޯލްޑިވްސް ގެ މެނޭޖިންގް ޑިރެކްޓަރު އަދި ސީއީއޯ، ހާލިދް އަލް ހަމާދީ

މާލެއެކޭ އެއްފަދައިން މިއަދު ހިތަދޫގައި ހުޅުވުނު އާ އޯއީސީ އަކީ ކަސްޓަމަރުންނަށް ހޫނު މަރުހަބާއެއް ކިޔޭ ފަދަ މާހައުލެއްގައި ތަފާތު އެކި އުފެއްދުންތަކާއި ހިދުމަތްތައް އަވަސް އަދި ފަސޭހަގޮތެއްގައި އުރީދޫ އިން ފޯރުކޮށްދެއެވެ.

އުރީދޫއިން ބުނީ ހިތަދޫ އޯއީސީގައިވެސް އުރީދޫ ލޮކޭޓް، އުރީދޫ މައިފައި، އަދި އުރީދޫ ސެޓަލައިޓް ފޯނު ފަދަ އުރީދޫ އިން ފޯރުކޮށްދޭ އުފެއްދުންތެރި ޑިވައިސްތައް ބޭނުންކޮށް ތަޖުރިބާ ކުރުމުގެ ފުރުސަތު ކުރިއަށް އޮތްތަނުގައި ލިބިގެންދާނެ ކަމަށެވެ. އަދި އުރީދޫ އެކްސްޕީރިއަންސް ސެންޓަރުން ލިބޭ ހުރިހާ ހިދުމަތްތަކުގެ އިތުރުން ކްލަބް ޕްރިމިއާ ލައުންޖަށް ވަނުމާއެކު ހިތްގައިމު މާހައުލެއްގައި އުރީދޫގެ ޕްރީމިއަމް ކަސްޓަމަރުންނަށް ބޭނުންވާ ހިދުމަތް ފަސޭހަކަމާއި އެކު ފޯރުކޮށްދެވޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

އުރީދޫއިން އިތުރަށް ބުނީ އެހެނިހެން އޯއީސީތަކާއި އެއްފަދައިން ހޮނިހިރު ދުވަހާއި ބުރާސްފަތި ދުވަހާއި ދެމެދު ކޮންމެ ދުވަހެއްގެ ހެނދުނު 9 އިން 4 އަށް ހިދުމަތް ލިބޭނެ ކަމަށެވެ.