މިދިޔަ ޖުލައި މަހުގެ 4 ހަވީރު މާލޭގެ ބޮޑުތަކުރުފާނު މަގުގައި ކާރެއް ކޮންޓްރޯލް ނުވެގޮސް އިތުރު ކާރެއްގައި ޖެހި ވިއްސައިގެން ގޮސް އެމްޓީސީސީގެ ބަހެއްގައި ޖެހިގެން ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހުން އައިޖީއެމްއެޗްގައި އެޑްމިޓްކޮށްގެން ފަރުވާދިނުމަށް ފަހު ދޫކޮށްލައިފިއެވެ.

އެ ހާދިސާގައި ގއ. މާމެންދޫ އުމުރުން 23 އަހަރުގެ މަރިޔަމް އަމާނީ ރަޝީދު ވަނީ ނިޔާވެފައެވެ.

އެ އެކްސިޑެންޓްގައި ހަމީހަކަށް އަނިޔާވިއިރު ޒަހަމްވި ހަތަރު މީހުންނަށް ވަނީ އައިސީޔޫގައި ފަރުވާދީފައެވެ. އޭގެ ތެރެއިން ތިން މީހުންނަށް ވަނީ ވެންޓިލޭޓަރުގައި ފަރުވާދީފައެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލު " ދަ ޕްރެސް" އަށް ވިދާޅުވީ އެންމެ ފަހުން ވޯޑުގައި އޮތް 22 އަހަރުގެ ފިރިހެން މީހާ މި މަހުގެ 19 ގައި ދޫކޮށްލައިފައިވާ ކަމަށެވެ.