ޓެރެރިޒަމަށް ފަންޑު ކުރާ ކަމަށް ބަލައި ލަންކާގައި ބްލެކްލިސްޓް ކޮށްފައި އޮންނަ 18 ޖަމާއަތަކާއި 577 މީހަކު ތިބި އިރު، އެ ލިސްޓް މުރާޖައާ ކޮށް އަލުން އާންމު ކޮށްފިއެވެ.

މުރާޖައާ ކުރި ލިސްޓުން މިހާރު ވަނީ 316 މީހަކު އުނިކޮށް 6 ޖަމާއަތެއް ނަގާފައެވެ. ލަންކާގެ ޑިފެންސް މިނިސްޓްރީއާ ހަވާލާދީ އެ ގައުމުގެ ނޫސްތަކުން ބުނާ ގޮތުން، އެ ފަރާތްތައް ލިސްޓުން އުނި ކުރީ، ބެލި ބެލިމުން އެ ފަރާތްތަކުން މިހާރު ޓެރަރިޒަމަށް ފަންޑު ކުރުން ހުއްޓާލާފައި ވާތީއެވެ.

މި ލިސްޓުން ގިނަ ބަޔަކު އުނި ކުރި އިރު، އިތުރު 55 މީހަކާއި 3 ޖަމާއަތެއް ވަނީ ލިސްޓަށް ލާފައެވެ. އެފަރާތްތައް ލިސްޓަށް ލީ 2021 ގެ ފަހުން، އެފަރާތްތަކުން ހިންގާފައި ހުރި މުއާމަލާތްތަކުގައި ޓެރަރިޒަމަށް ފަންޑު ކުރާކަން ފާހަގަ ކުރެވިގެން ކަމަށް އޮފިޝަލުން ވިދާޅުވެއެވެ.

ލަންކާގެ ޑިފެންސް މިނިސްޓްރީ އާއި ފޮރިން މިނިސްޓްރީ އާއި އެޓާނީ ޖެނެރަލްގެ އޮފީހާއި އިންޓަލިޖެންސް އިދާރާތަކާއި ގާނޫނު ތަންފީޒު ކުރާ އިދާރާތަކާއި ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު ހިމެނޭ ކޮމެޓީއަކުން މުރަޖައާ ކުރި ލިސްޓު ފޮރިން މިނިސްޓްރީން މިޙާރު ވަނީ ގެޒެޓް ކޮށްފައެވެ. އެއާއެކު މިހާރު ޓެރަރިޒަމަށް ފަންޑު ކުރާ ލިސްޓުގައި ތިބީ 316 މީހަކާއި 15 ޖަމާއަތެކެވެ.