މާލޭގެ މަގުމަތީގައި ހިނގާފައިދިޔަ އަންހެނެއްގެ ކަރުގައި އޮތް ފަށެއް ފޭރިގަނެއްޖެއެވެ.

ދިލްބަހާރު މަގުން ހިނގާފައި ދިޔަ އަންހެނެއްގެ ކަރުގައިވާ އޮތް ފަށެއް ފޭރޭ ވީޑިއޯއެއް ސޯސަލް މީޑިއާގައި ދައުރުވަމުން އަންނައިރު އެ ވީޑިއޯއިން ފެންނަ ގޮތުނަ ފޭރިގަންފައި ވަނީ ބިދޭސީ އަންހެނެއްގެ ކަރުގައި އޮތް ފަށެކެވެ.

ދެމީހަކު އަރާ ތިބެ އެ މަގުން ބާރަށް ދުއްވާފައި އައި އޮރެންޖު ކުލައިގެ ސައިކަލު އަންހެން މީހާއާ ހަމަވުމުން ކުޑަކޮށް މަޑުކޮށްލުމަށް ފަހު ސައިކަލު ފަހަތުގައި ކަޅު ކުލައިގެ ގަމީހެއް ލައިގެން އިން ދިވެހި ފިރިހެން މީހާ އެ އަންހެން މީހާގެ ކަރުގައި އޮތް ފަށް ފޭރި ގަންނަ މަންޒަރު އެ ވީޑިއޯއިންް ރީއްޗަށް ފެނެއެވެ. އަދި އެ ފަށް ފޭރިގަތުމަށް ފަހު އެ މީހާ ހީލާ މަންޒަރުވެސް ވީޑިއޯއިން ފެނެއެވެ. އެ ސައިކަލު ދުއްވަން އިނީ ނޫ ކުލައިގެ ޓީޝާޓެއް ލައިގެން އިން ދިވެއްސެކެވެ.

އެކަމާ ގުޅިގެން ފުލުހުން ބުނީ މާލޭ މަގުމަތިން ހިނގާފައި ދިޔަ ބިދޭސީ އަންހެނެއްގެ ކަރުގައި އޮތް ރަން ފަށެއް ސައިކަލުގައި ދިޔަ ދެ މީހަކު ފޭރިގަނެފައިވާ ކަމުގެ މައުލޫމާތު މިއަދު ހެނދުނު ގާތްގަނޑަކަށް 10:08 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެ މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވި ނަމަވެސް އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.