ކީރިތި ރަސޫލާ އާއި އިސްލާމް ދީނަށް ތައުހީން ކޮށް ފޮތް ލިޔުމުން، އިސްލާމީ އުންމަތުގައި ބްލެކްލިސްޓް ކޮށްފައި ވާ އިންޑިއާއަށް އުފަން ސަލްމާން ރުޝްދީ އެމެރިކާގައި ހުއްޓާ ހަމަލާ ދީފިއެވެ.

އޭނާ އަށް ހަމަލާ ދިނީ، ޝަލްމާން ރުޝްދީ ގޮތަށް ނުރައްކަލާ ކުރިމަތިވެފައި ވާ ލިޔުންތެރިންނަށް ރައްކާތެރިކަން ދޭ އެމެެރިކާގެ އެންޖީއޯއަކުން ބޭއްވި ބައްދަލުވުުގައި ވާހަކަ ދައްކަން ސްޓޭޖް މަތީގައި އިންދައެވެ.

ހަމަލާ ދިން މީހާ އާންމުންގެ ތެރޭގައި އާންމުންގެ ތެރޭގައި އިނދެފައި ސްޓޭޖަސް އަރާ ރުޝްދީއަށް ހަމަލާ ދިނީ ވަޅުންނެވެ. ހަބަރުތައް ބުނާ ގޮތުން ހަމަލާ އަމާޒުވީ ރުޝްދީގެ ކަރަށް ނަމަވެސް މާ ބޮޑު އަނިޔާއެއް ނުވާ ކަމަށް ވެއެވެ. ނަމަވެސް އޭނާ ވަގުތުން ހެލިކޮޕްޓަރެއްގައި ކައިރި ހޮސްޕިޓަލަކަށް ގެންދިޔަ އިރު، ރުޝްދީ އާ އިންޓަވިއު ކުރަން ސްޓޭޖް މަތީގައި އިން މީހާއަށްވެސް ކުޑަކޮށް އަނިޔާވި ކަމަށް ހަބަރުތައް ބުނެއެވެ.

ނިއު ޔޯކުގައި ހިނގި މިހާދިސާއގައި ފުލުހުން ވަނީ ހަމަލާ ދިން މީހާ ހައްޔަރު ކޮށްފައެވެ.

ސަލްމާން ރުޝްދީ އަކީ، ރަސޫލާއާއި އިސްލާމް ދީނަށް އިހާނެތި ބަސްތައް ރައްދުކޮށް ފޮތެއް ލިޔުނު މައްސަލައިގައި އޭނާ މަރާލަ ދޭ މީހަކަށް 3 މިލިއަން އެމެެރިކާ ޑޮލަރު، އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ ހުމައިނީ ހުށަހަޅުއްވާފައި ހުރި މީހެކެވެ. ހުމައިނީގެ އެ ހުށަހެޅުއްވުން އެގޮތުގައި އަދިވެސް އޮތް އިރު ރުޝްދީގެ ފޮތް އެހެން ބަސްބަހަށް ތަރުޖަމާ ކުރުމުގައި އުޅުނު ބައެއް މީހުން މަރުވެފައި ވެސް ވެއެވެ.

ސަލްމާން ރުޝްދީ ލިޔުނު އެ ފޮތާ ގުޅިގެން އޭނާއަށް ނުރައްކާ ބޮޑުވެ، އަދި މުސްލިމުންގެ ނަފްރަތާއި ރުޅިވެރިކަމާ ހެދި އިނގިރޭސިވިލާތުން ހިމާޔަތް ހޯދައިެގން އޭނާ ފިލައިގެން އުޅޭނާ 9 އަހަރު ވެއްޖެއެވެ. ރުޝްދީ އަތުގައި އިނގިރޭސިވިލާތާއި އެމެރިކާގެ ރަށްވެހިކަން އޮވެއެވެ.