އުރީދޫ ގްރޫޕުގެ ބްރޭންޑް ލޯގޯ އާއި ޓެގްލައިން - "އަޕްގްރޭޑް ޔޯ ވޯލްޑް" މިއަދު ރާއްޖޭގައި އިފްތިތާހުކޮށްފިއެވެ.

އުރީދޫން ބުނީ، އަޕްގްރޭޑް ކޮށްފައިވާ ލޯގޯ ރާއްޖޭގައި ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓާ އަދި ސީއީއޯ ރާއްޖޭގެ ކަނޑު އަޑީގެ ހިތްގައިމު މާހައުލުގައި ކަމަށެވެ.

އަޕްގްރޭޑް ޔޯ ވޯލްޑްއުރީދޫގެ އާ ޓެގްލައިން 'އަޕްގްރޭޑް ޔޯ ވޯލްޑް' އަކީ ކޮންމެ މީހަކަށް، ވިޔަފާރިއަކަށް، އަދި މުޅި ރާއްޖެއަށް ފޯރުކޮށްދޭ ކޮންމެ ހިދުމަތަކާއި ތައާރަފް ކުރާ އާ އީޖާދުތަކުގެ އިތުރުން ކަސްޓަމަރުންނާއި މުވައްޒަފުން ކުރިއެރުވުމަށް ކުރެވޭ މަސައްކަތުގެ މަގްސަދު އެންމެ ފުރިހަމައަށް ދައްކުވައިދޭ ޓެގްލައިނެއް ކަމަށް އުރީދޫން ބުނެއެވެ.

އަޕްގްރޭޑް ކޮށްފައިވާ ލޯގޯ ރާއްޖޭގައި ރަސްމީކޮށް އިފްތިތާހު ކުރުމަށް ބޭއްވި އިވެންޓުގެ ތެރެއިން / ފޮޓޯ: އުރީދޫ

އުރީދޫން ބުނީ، އުރީދޫގެ އާ އައިޑެންޓިޓީ އަކީ އެ ކުންފުނިން ކުރަމުން އައި ދަތުރުގައި ޒަމާނީ ޓެކްނޮލޮޖީއާއި އެއްހަމަކޮށް ވިޔަފާރިއަށް ގެންނަމުންއަންނަ ކުރިއެރުމާއި އެއްގޮތައް މަތިން ގެނެވުނު ބަދަލެއް ކަމަށެވެ.

އުރީދޫގެ އެމްޑީ އަދި ގްރޫޕް ސީއީއޯ އަޒީޒް އަލް-އުތްމާން ފަހްރޫ ވިދާޅުވީ މިއީއެންމެން ވެސް އިންތިޒާރުކުރަމުން އައި ވަރަށް އުފާވެރި އާ މަރުހަލާއެއް ކަމަށެވެ. އަދި މިއީ މުވައްޒަފުންނާއި ކަސްޓަމަރުންގެ ތަޖުރިބާ އިތުރު ހަރުފަތަކަށް ގެންގޮސް އަގުހުރި ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް ކާމިޔާބުކަމާއިއެކު ކުރިއަށްގެންދާ ޓްރާންސްފޮމޭޝަން ޕްރޮގްރާމްގެ އާ މަރުހަލާއެއް ކަމަށެވެ.

އަޅުގަނޑުމެން އަބަދުވެސް މަސައްކަތްކުރަމުން ދަނީ އުރީދޫގެ ޙިދުމަތްތައް ހޯދާ ފަރާތްތަކާއި ހިއްސާ ދާރުންނަށް ލިބޭ މަންފާ އެއްދުވަހުނ ް އަނެއްދުވަހަށް އިތުރު ކޮށްދިނުމުގެ ސަގާފަތެއް ކުންފުނީގައި ދެމެހެއްޓުމަށް. އުރީދޫ އިން ކުރާ ކޮންމެ މަސައްކަތެއްގެ ފަހަތުގައި ވާ އަމާޒަކީ މުވައްޒަފުންނާއި ކަސްޓަމަރުންގެ ކުރިއެރުންކަމަށް ވުމުން، އުރީދޫގެ އައު ޓެގްލައިން "އަޕްގްރޭޑް ޔޯ ވޯލްޑް"، ވަރަށް ފުރިހަމައަށް މި އަމާޒު ދޭހަކޮށްދޭ.
އުރީދޫގެ އެމްޑީ އަދި ގްރޫޕް ސީއީއޯ އަޒީޒް އަލް-އުތްމާން ފަހްރޫ

އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓާ އަދި ސީއީއޯ ހާލިދު އަލް ހަމާދީ ވިދާޅުވީ، އާ ބްރޭންޑް ލޯގޯ އާއި ޓެގްލައިންވަނީ ދިވެހި މުޖުތަމައުތަކުގެ ދިރިއުޅުން މުއްސަނދި ކުރުމަށް ކުރަމުންދާ މަސައްކަތާއި ވަރަށް ބޮޑަށް ގުޅިލާމެހިފައިވާ ކަމަށެވެ. އުރީދޫގެ އާ ޓެގްލައިން - "އަޕްގްރޭޑް ޔޯ ވޯލްޑް" އިން މި ބަދަލުތައް ދައްކުވައިދޭ އަދި ޓެކްނޮލޮޖީއާއި އެކު ހުޅުވިގެންދާ ފުރުސަތުތައް ފަހިކޮށްދިނުމުގައި އަޅުގަނޑުމެންގެ ތަސައްވުރު ވަރަށް ރަނގަޅަށް ދޭހަކޮށްދޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މުޅި ރާއްޖެ ހިމެނޭ ގޮތައް ބިނާކޮށްފައިވާ 4ޖީ+ ނެޓްވޯކް އަދި އުރީދޫގެ ވަރުގަދަ 5ޖީ ނެޓްވޯކްގެ އެހީގައި ޑިޖިޓަލް ދިވެހިރާއްޖެ އެއް ބިނާކޮށް، ސްމާޓް ސިޓީސް، އިންޓަނެޓް އޮފް ތިންގްސް އަދި އާޓިފިޝަލް އިންޓެލިޖެންސްއަށް ކަސްޓަމަރުންނާއި ވިޔަފާރިތަކާއި މުޖުތަމައު މަގުފަހިކޮށްދިނުމުގައި އަޅުގަނޑުމެން ސާބިތުވެ ތިބޭނެކަމުގެ ޔަގީންކަން އަރުވަން. އަދި، ހުރިހާ ގޮތަކުންވެސް ތިޔަބޭފުޅުންގެ ދުނިޔެ އާރާސްތުކޮށް، ދިރިއުޅުމުގައި ކުރިއަށް ދިޔުމަށް އަޅުގަނޑުމެން މަގުފަހިކޮށްދިނުމުގައި އުރީދޫ މޯލްޑިވްސްއިން ދެމި އޮންނާނެ.
އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓާ އަދި ސީއީއޯ ހާލިދު އަލް ހަމާދީ

އުރީދޫން ބުނީ، ކުންފުނީގެ އާ ބަދަލާއެކު ކަސްޓަމަރުން އާ ހަރުފަތަކަށް'"އަޕްގްރޭޑް ޔޯ ވޯލްޑް" މެދުވެރިކޮށް، ކަސްޓަމަރުންގެ އެކި ބޭނުންތަކާއި އެއްގޮތްވާގޮތައް ހިދުމަތްތަކާއި ޕެކޭޖްތައް އިހްތިޔާރު ކުރުމުގެ ފުރުސަތު ކަސްޓަމަރުންނަށް ފަހިވެގެންގޮސް، އުރީދޫ އާއި އެކު ކުރެވޭ ތަޖުރިބާ އިތުރު ހަރުފަތަކަށް ގެންދެވޭނެ ކަމަށެވެ.

އުރީދޫ ގްރޫޕް ސީއީއޯ އަދި ގަތަރުގެ ޑެޕިއުޓީ ސީއީއޯ ޝައިހް މުހައްމަދު ބިން އަބްދުالله އަލްޘާނީ ވިދާޅުވީ އުރީދޫ ބްރޭންޑް އަށް މި ގެނެވުނު ބަދަލާ އެކުގައި ކުރިއަށް އޮތް އަހަރުތަކުގައި ވެސް ބިޒްނަސް މޮޑެލް އާއި އެންމެ ކުރިއަރާފައިވާ ޓެލްކޯ ޖިދުމަތް ފޯރުކޮށްދޭ ކުންފުންޏެއްގެ ހައިސިއްޔަތުން ހިދުމަތްތައް އިތުރަށް ފުޅާވެ ކަސްޓަމަރުންގެ ކުރިއެރުމަށް މަގު ފަހިވަމުންދާނެ ކަމަށެވެ.

އަޅުގަނޑުމެންނަށް ފެނިގެން މިދަނީ، މަސައްކަތާއި ގޭތެރޭގެ ދިރިއުޅުން، ހަލުވި ސްޕީޑެއްގައި ޑިޖިޓަލްވަމުންދާތަން، އިތުބާރުކުރެވޭ މުވާއްސަލާތީ ޕްރޮވައިޑަރެއްގެ މުހިންމުކަން އިތުރުވެގެންދާތަން. އަޅުގަނޑުމެންގެ އާ ބްރޭންޑް ޕޮޒިޝަން ގެ ސަބަބުން އުރީދޫ އޮޕަރޭޓްކުރާ ހުރިހާ މާކެޓެއްގައިވެސް އަޅުގަނޑުމެންގެ ކަސްޓަމަރުން އިތުރު ހަރުފަތަކަށް ގެންދެވޭނެ.
އުރީދޫ ގްރޫޕް ސީއީއޯ އަދި ގަތަރުގެ ޑެޕިއުޓީ ސީއީއޯ ޝައިހް މުހައްމަދު ބިން އަބްދުالله އަލްޘާނީ

ކަސްޓަމަރުންގެ ޑިޖިޓަލް ދިރިއުޅުމަށް އިތުރު ފުރިހަމަކަމެއް ގެނެސްދީ، އެންމެ ފަހުގެ ޒަމާނީ ޓެކްނޮލޮޖީ އާއި ޑިޖިޓަލް ހިދުމަތްތަކުގެ ވަރުގަދަ އީކޯސިސްޓަމެއް މެދުވެރިކޮށް ގުޅުވާލަދީ، ދުނިޔޭގެ ފެންވަރުގައި އިތުރު ފުރިހަމަކަމެއް ގެނެސްދެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިެއެވެ.

އުރީދޫން ބުނީ، ފާއިތުވެދިޔަ އަހަރުތަކުގައި، އުރީދޫ ގްރޫޕްގެ ޑިޖިޓަލް ހިދުމަތްތަކަށް ބޭނުންވާ ވަރުގަދަ ނެޓްވޯކާއި އިންފްރާސްޓްރަކްޗާ ބިނާކުރުމަށް ހިންގާ ޓްރާންސްފޮމޭޝަން ޕްރޮގްރާމް އާއި އެއްގޮތުގެ މަތިން، އުރީދޫ މޯލްޑިވްސް އިންވެސްނެޓްވޯކްތަކާއި ޓެކްނޮލޮޖީ އަދި މީހުން އަޕްގްރޭޑް ކުރުމަށް ވަރަށް ބޮޑަށް އިންވެސްޓް ކުރަމުންދާ ކަމަށެވެ.