އުރީދޫގެ ގޭމިން ޕްލެޓްފޯމް "އުރީދޫ ނޭޝަން" މެދުވެރިކޮށް ބާއްވާ ޕަބްޖީ މޯބައިލް ޗެމްޕިއަންޝިޕްގައި ބައިވެރިވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

އުރީދޫން އިންތިޒާމްކުރާ ރާއްޖޭގެ އެންމެ ބޮޑު ޕަބްޖީ ޗެމްޕިއަންޝިޕްގެ ދަށުން ބާއްވާ ފުރަތަމަ ސީރީޒްގައި ބައިވެރިވުމަށް އެ ކުންފުނިން ވަނީ ޕޯޓަލެއް މެދުވެރިކޮށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފައެވެ.

އަންނަ ޑިސެމްބަރުގެ ނިޔަލަށް އުރީދޫ ޕަބްޖީ ޗެމްޕިއަންޝިޕްގެ މުބާރާތްތައް ކުރިއަށްދާނެ ކަމަށް އުރީދޫން ބުނި ނަމަވެސް، އެ މުބާރާތުގެ ފުރަތަމަ ބުރު ބާއްވާ ތާރީހެއް އިއުލާނެއް ނުކުރެއެވެ. އުރީދޫން ބުނީ، އެ މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން:

  • ޓީމްތައް ރަޖިސްޓްރީކޮށް، ކުރިއަށް އޮތް ކޮލިފައިން މުބާރާތްތަކުގައި ވާދަކޮށް، އުރީދޫ ޕަބްޖީ މޯބައިލް ޗެމްޕިއަންޝިޕްގެ އޮފިޝަލް ކޮލިފައިން ޓޯނަމަންޓުގައި ވާދަކުރަންވާނެ ކަމަށް
  • ބައިވެރިވާ ޓީމުތަކުން ރަޖިސްޓްރީވުމަށް ފީގެ ގޮތުގައި 150 ރުފިޔާގެ އިތުރުން، ޓީމް މެމްބަރުންގެ މައުލޫމާތާއި ލޯގޯ މި މަހުގެ 15 ގެ ކުރިން ޕޯޓަލް މެދުވެރިކޮށް ހުށަހަޅަން ޖެހޭނެ ކަމަށް
އުރީދޫން ޕަބްޖީ މުބާރާތުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލުން--

ޕަބްޖީ މުބާރާތުގެ ފުރަތަމަ ސީރީޒަށް ކަނޑައަޅާފައިވާ އިނާމުތައް

  • ޗެމްޕިއަން ޓީމަށް 10،000 ރުފިޔާ
  • ދެވަނަ ޓީމަށް 3،000 ރުފިޔާ
  • ތިންވަނަ ޓީމަށް 2،000 ރުފިޔާ

އުރީދޫ ޕަބްޖީ މޯބައިލް ޗެމްޕިއަންޝިޕަށް ކޮލިފައިވުމަށް ބާއްވާ ބުރުތައް އެކުލެވިގެންވާ ގޮތް

  • ކޮންޓެންޑާ ސީރީޒް: އަންނަ ސެޕްޓެމްބަރުގައި ބާއްވާ މި މުބާރާތުގައި ވާދަކުރާ ޓީމުތަކުގެ ތެރެއިން އެންމެ މޮޅު ތިން ޓީމު އުރީދޫ ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕަށް ކޮލިފައިވާނެ
  • ކޮންޓެންޑަރ ސީރީޒް ތިނެއް: އަންނަ އޮކްޓޯބަރުގައި ބާއްވާ މި މުބާރާތުގައި ވާދަކުރާ ޓީމުތަކުގެ ތެރެއިން އެންމެ މޮޅު ތިން ޓީމު އުރީދޫ ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕަށް ކޮލިފައިވާނެ
  • އުރީދޫ ޕަބްޖީ ޗެމްޕިއަންޝިޕް އޮފިޝަލް ކޮލިފައިން އިވެންޓް: އަންނަ ނޮވެމްބަރުގައި ބާއްވާ މި މުބާރާތުގައި ވާދަކުރާ ޓީމްތަކުގެ ތެރެއިން އެންމެ މޮޅު ހަތް ޓީމު އުރީދޫ ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕަށް ކޮލިފައިވާނެ

ކޮލިފައިން ބުރުތައް ނޮވެމްބަރުގައި ނިންމާލުމަށް ފަހު، އަންނަ ޑިސެމްބަރު މަހު ބާއްވާ އުރީދޫ ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕްގައި އެއްލައްކަ ރުފިޔާގެ އިނާމުތަކަށް 16 ޓީމުން ވާދަކުރާނެއެވެ.

އުރީދޫގެ ބައިނަލްއަގުވާމީ ގޭމިން ޕްލެޓްފޯމް "އުރީދޫ ނޭޝަން - ގޭމާސް ލޭންޑް" ރާއްޖެ އަށް ތައާރަފްކޮށްފައި ވަނީ މިދިޔަ ޖޫން މަހުގެ 21 ގައެވެ.