އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ރާއްޖޭގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ ބައްދަލުކުރައްވައިފިއެވެ.

މޯދީގެ ދައުވަތަކަށް ރައީސް ސޯލިހް އިންޑިއާއަށް ވަޑައިގެންނެވީ އިއްޔެގެ ވަގުތެއްގައެވެ. އަދި އިއްޔެ އިންޑިއާގެ ފޮރިން މިނިސްޓަރު ޖައިޝަންކަރުވެސް ވަނީ ރައީސް ސޯލިހް އާއި ބައްދަލުކުރައްވާފައެވެ.

އިންޑިއާގެ ދިއްލީގައި ހުންނަ ހައިދަރު އާބާދު ހައުސްގައި މޯދީ ރައީސް ސޯލިހާއި ބައްދަލުކުރައްވައި މަޝްވަރާތައް ކުރައްވާފައިވާއިރު މިއަދު ބޭއްވި ރަސްމިއްޔާތުގައި 6 އެއްބަސްވުމެއްގައި ވަނީ ސޮއިކުރައްވާފައެވެ. އަދި ރާއްޖޭގައި އަޅާ ތިލަމާލެ ބްރިޖުގެ އަމަލީ މަސައްކަތް ވެސް ވަނީ ފައްޓާފައެވެ.

މި ދަތުރުފުޅުގައި ރާއްޖެ އާއި އިންޑިއާގެ ގުޅުން އިތުރަށް ބަދަހި ކުރުމަށާއި ރާއްޖޭގެ ތަރައްގީގައި ގުޅިގެން މަސައްކަތް ކުރުމާ ގުޅޭ ގޮތުން ދެ ގައުމުގެ މަތީ ފަންތީގެ އިސްވެރިން ބައްދަލުކުރައްވައި މަޝްވަރާތައް ކުރައްވާނެއެވެ. އަދި ރައީސް ސޯލިހް އިންޑިއާ އަށް ކުރައްވާ ދަތުރުފުޅު ނިންމަވާލައްވާނީ އަންނަ ބުރާސްފަތި ދުވަހުގައެވެ.