އުރީދޫއިން "ބޮޑު ޗުއްޓީ ޕެކް" ގެ ނަމުގައި ގޭމު ކުޅޭ ފަރާތްތަކަށް ހާއްސަ އޮފާ އެއް ތައާރަފް ކޮށްފިއެވެ.

އުރީދޫން ބުނީ، ގޭމު ކުޅޭ ފަރާތްތަކަށް ހާއްސަކޮށް ތައާރަފް ކުރި އޮފާއަކީ ލައިވް ސްޓްރީމް ކޮށް އަދި ގޭމް އަޕްޑޭޓްކޮށް ސޮފްޓްވެއާ އަޕްޑޭޓް ކުރާ ފަރާތްތަކަށް ވަރަށް ރަނގަޅު އޮފާއެއް ކަމަށެވެ.

އެ ހާއްސަ އޮފާގެ ދަށުން މިހާރު ކަސްޓަމަރުންނަށް އެންމެ 100 ރުފިޔާއަށް ބޮޑު ޗުއްޓީ ޕެކް އެކްޓިވޭޓްކޮށް 100 ޖީބީ ޑޭޓާ 3 ދުވަހަށް ވެސް ލިބޭނެ ކަމަށް ވެސް އުރީދޫން ބުނެއެވެ.

އެ އޮފާ ކުރިއަށް ދާނީ މި މަހުގެ 31 ވަނަ ދުވަހުގެ ރޭ 11:59 ގެ ނިޔަލަށް ކަމަށް އުރީދޫއިން ބުނެއެވެ.

އުރީދޫ އެޕް މެދުވެރިކޮށް ނުވަތަ *929*1# އަށް ގުޅައިގެން އެ އޮފާ އެކްޓިވޭޓް ކޮށްލެވޭ އިރު އެސްއެމްއެސް މެދުވެރިކޮށް 100GB ޖަހާ 5555 އަށް އެސްއެމްއެސް ފޮނުވުމުން ވެސް އެކްޓިވޭޓް ވެގެން ދާނެއެވެ.

އެ އޮފާ ތައާރަފް ކުރީ މިނިވަން ދުވަހާއި އަޟްހާ އީދާ ގުޅިގެން ލިބޭ އެ ބަންދާ ދިމާކޮށެވެ.