ދުއްވަމުން ދިޔަ ކާރެއް ކޮންޓްރޯލް ނުވެ، ލ. ގަން ތުނޑީ ބަނދަރަށް ވެއްޓިއްޖެއެވެ.

ފުލުހުން ބުނީ، ލ. ގަން ތުނޑި ބަނދަރަށް ކާރެއް ވެއްޓިފައިވާ ކަމުގެ މައުލޫމާތު މިއަދު ހެނދުނު 10:03 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

މިހާދިސާގައި ކާރު ދުއްވަން އިން މީހާ މިހާރު ސަލާމަތް ކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެމީހާއަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ކާރު ދުއްވަން އިނީ އަންހެނެކެވެ.

ފުލުހުން ބުނީ ކާރު މޫދަށް ވެއްޓިފައިވަނީ ދުއްވާފައި ދަނިކޮށް ގަލަކަށް އެރުނު ވަގުތު ރޭސްއަށް ފިއްތާލެވިގެން ކޮންޓްރޯލު ނުވެގެން ކަން މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ވެއްޓުނު ކާރު މިހާރު ވަނީ އަޑިއަށް ގޮސްފައެވެ.