އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯތަކުގައި ފެނިގެންދާ ކަމަށް ތުހުމަތުކުރެވޭ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ އަލަމްގިރި ހައްޔަރުކޮށްފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އަލަމްގިރި ހައްޔަރުކޮށްފައި ވަނީ މިއަދު މެންދުރުފަހު 3 ޖެހިއިރު މާފަންނުގައި ހުންނަ ގެސްޓްހައުސްއެއްގައި ހުއްޓައެވެ. އެހެންނަމަވެސް އޭނާއާއެކު އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި އިތުރުބަޔަކު ހައްޔަރުކޮށްފައިވާ ކަމުގެ މައުލޫމާތެއް ލިބިފައެއް ނުވެއެވެ.
އަލަމްގިރިއާއެކު ބަޔަކު އެއްޖިންސުން ގުޅުންހިންގާ ވީޑިއޯތަކެެއް ދައުރުވެފައި ވާއިރު އޭގެތެރޭގައި މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް) ކަމަށް ބެލެވޭ މީހަކާއި ގާނޫނީ ވަކީލް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު ނާޒިމް އަބްދުއްސައްތާރު ކަމަށް ތުހުމަތު ކުރެވޭ މީހެއްވެސް ހިމެނެއެވެ. އެހެންނަމަވެސް އެ ދެ ބޭފުޅުން ވެސް ވަނީ ކުރެވޭ ތުހުމަތުތަކަށް ދޮގު ކުރައްވާފައެވެ.
އޭގެ އިތުރުން ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ) ގައި މަސައްކަތް ކުރާ ފުލުހަކާ އެކު އަލަމްގިރި އެއް ޖިންސުން ގުޅުން ހިންގާ ކަމަށް ބެލެވޭ އެހެން ވީޑިއޯއެއްވެސް ވަނީ ދައުރުވެފައެވެ.
އެ މައްސަލައާ ގުޅިގެން އަލަމްގިރި އާއި ކާނަލް ނަޝީދު އަދި ނާޒިމް ޕާސްޕޯޓް ވަނީ ހިފަހައްޓާފައެވެ.
މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) އާއި އިތުރު ފިރިހެނަކާއި އަންހެނަކު ކަމަށް ބެލެވޭ މީހަކު ބަރަހަނާ ހާލުގައި އޮތް ފޮޓޮއަކާއި ރާއްޖެޓީވީގައި ކުރި މަސައްކަތްކުރި ނޫސްވެރިއެއް ކަމަށްވާ އަބްދުﷲ ނަސީރު އިބްރާހިމް ކަމަށް ތުހުމަތުކުރާ މީހެއްގެ އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯއެއް ވެސް ވަނީ ލީކްވެފައެވެ.
ލިވާތު ކުޅި ކުޅުނު އަލަމް ގިރި އެކަނިތޭ ހައްޔަރު ކުރަންވީ ކޮބާތޭ އެކުޅި ކުޅުުނު ބޮޑުން ތައް ކިއެއްވެތޭ ކެނެރީގެ ނަޝީދުގެ އެކެބަނޑެ ބެއްޔާ ހައްޔަރު ނުކޮށްގެން އުޅެނީ ކިއެއްވެތޭ އަނދުނޭ ހައްޔަރު ނުކުރެވެންވީ ކިއެއްވެތޭ ކާރނަލް ހައްޔަރު ނުކުރެވެންވީ ކިއެއްވެތޭ ދެން ތިބި 250 މީހުން ހައްޔަރު ނުކުރެވެންވީއޭ މީގައި ގިނައީ މުޅިން ވެސް ވެރިކަން ކުރާ ޕާރޓީގެ މީހުންނޭ ލިވާތު ކުޅި ކުޅޭ މީހުން ދިފާއު ކުރަން ނުޖެހޭނެއޭ
ދެން ހަމަ އިތުރު މެންބަރެއްގެ ވާހަކަ ނުކިޔަނީ ޖޫރިމަނާ ވާނެތީތަ