މާލެއިން 17 އަހަރުގެ ކުއްޖަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓް ކުރުމާ ގުޅިގެން އޭނާ ހޯދަން ފަށައިފިއެވެ.

ގެއްލިގެން ހޯދަމުން ދަނީ އާމިނަތު ޒާރާ ރިޔާޒް ނަމަކަށް ކިޔާ ކުއްޖެކެވެ.

ފުލުހުން ބުނީ އެކުއްޖާ ގެއްލިފައިވާ ކަމަށް މިމަހު 10 ވަނަ ދުވަހު އާއިލާއިން ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

މިކަމާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުނެއެވެ. އަދި އެކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ

އޭނާ އާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އަވަހަށް އެކަން ހިއްސާކުރުމަށް ވަނީ އެދިފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެކުއްޖާ 10 ވަނަ ދުވަހު ގެއިން ނިކުތީ 2:30 ހާއިރުއެވެ. އަދި އެވަގުތު އެކުއްޖާ ލައިގެން ހުރީ ނޫކުލައިގެ ޖިންސަކާއި ކަޅުކުލައިގެ ޓޮޕެކެވެ. އަދި އޭނާ އަޅައިގެން ހުރީ ކަޅުކުލައިގެ ޝޯލްއެއްކެވެ.