ގދ. ތިނަދޫގައި ދެ ބިދޭސީންގެ ދެމެދު މާރާމާރީ އެއް ހިނގައި، އަނިޔާވި އެކަކަށް ފަރުވާ ދެމުން އެބަ ދެއެވެ.

ފުލުހުން ބުނީ، ތިނަދޫގައި ދެ ބިދޭސިއެއްގެ ދެމެދު މާރާމާރީއެއް ހިނގާފައިވާ ކަމުގެ ރިޕޯޓް ލިބިފައިވަނީ މިރޭގެ ވަގުތެއްގައި ކަމަށެވެ. ނަމަވެސް މައްސަލަ ރިޕޯޓްކުރި ސީދާ ވަގުތާއި، އެ ދެ މީހުން ނިސްބަތްވާ ގައުމުގެ މައުލޫމާތު ހާމަކޮށްފައެއް ނުވެއެވެ.

އެ މާރާމާރީގައި އެކަކަށް އަނިޔާވެފައިވާއިރު، އޭނާ އަށް ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ފަރުވާ ދެމުން ދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ނަމަވެސް، ފުލުހުން ބުނި ގޮތުގައި އެ މައްސަލައާ ގުޅިގެން އެއްވެސް މީހަކު އަދި ހައްޔަރެއް ނުކުރެއެވެ.

އެ މައްސަލަ ތަހްގީގު ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.