މިއަދު ފެށުނު ބޮޑު އީދުގެ އެކިއެކި ކުޅިވަރުތަކާއި ހަރަކާތައް އަދި އުފާވެރި ވަގުތުތައް ފޮޓޯ ނަގާ ހިއްސާ ކޮށްގެން ސެމްސަންގެ ގެލެކްސީ 21 އެއް ހޯދުމުގެ ފުރުސަރު އުރިދޫ އިން ހުޅުވާލައިފިއެވެ.

6.2 އިންޗީގެ ޑިސްޕްލޭ ހިމެނޭ އަދި 12 މެގާޕިކްސެލް ކެމެރާ ހުންނަ، ސެމްސަންގްގެ އެންމެ ފަހުގެ މޮޑެލްގެ ފޯން ލިބުމުގެ މި ފަހި ފުރުސަތު އޮރިދޫން ހުޅުވާލާފައި ވަނީ މިމަހުގެ 21 ގެ ނިޔަލަށެވެ.

އީދުގެ ހަނދާންތައް ހިއްސާ ކުރާ އިރު، EidMajaa# ހޭޝްޓެގް ބޭނުން ކުރަން ވާނެއެވެ. އަދި އީދު ހަނދާންތައް ޝެއާ ކުރާ އެކައުންޓަކީ ޕަބްލިކް (އާންމުކޮށް ފެންނަ) އެކައުންޓަކަށް ވާން ވާނެއެވެ.

ފޯން ލިބޭ ލަކީ ވިނާ ހޮވާނީ، މިމަހުގެ 21 ވާ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު ބާރަ ޖެހުމުގެ ކުރިން ހޭޝްޓެގާއެކު ހިއްސާ ކުރާ ފޮޓޯ ތަކުގެ ތެރެއިންނެވެ.

އުރީދޫ އަކީ، އެކި އެކި މުނާސަބަތާ ގުޅުވައި ތަފާތު އަގުހުރި އިނާމުތަކާއި، އަދި އުރީދޫން ދެމުން ގެންދާ ހިދުމަތްތަކުން ބޮޑެތި ޑިސްކައުންޓެ ވެސް ދޭ ކުންފުންޏެވެ. އެގޮތުން އުރީދޫން ވަނީ އީދާ ދިމާކޮށް 100 ރުފިޔާއަށް 100 ޖީބީ ޑޭޓާ ލިބޭ ޕެކޭޖެއްވެސް ތައާރަފް ކޮށްފައެވެ.

"ބޮޑު ޗުއްޓީ ޕެކް" ގެ ނަމުގައި ދޭ މި އޮފާ، މިނިވަން ދުވަހާއި އަޟްހާ އީދާއި ގުޅިގެން ލިބޭ ބަންދުގައި ބޭނުން ކުރެވޭނެއެވެ.