ހަބަރު ހުސްވެގެން ވެއްޓިފައި އޮތް ބިދޭސީ އަކަށް ފަރުވާދޭން ފަށައިފިއެވެ.

ފުލުހުން ބުނީ، ބިދޭސީއެއް ހަބަރު ހުސްވެ، ވެއްޓިފައިވާ ކަމުގެ މައުލޫމާތު ލިބިފައިވަނީ މިރޭ އިރުއޮއްސި 6:20 ހާއިރު ކަމަށެވެ.

އެ މީހާ ވެއްޓިފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބިދޭސީން އުޅޭ ސައިޓެއްގައެވެ.

އިންޑިއާ އަށް ނިސްބަތްވާ އެ މީހާ އަށް ފަރުވާ ދެނީ ހުޅުމާލެ ހޮސްޕިޓަލްގައެވެ..

އެ ހާދިސާ އާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.