ހުޅުމާލެއިން އަންހެނަކު ވީނުވީއެއް ނޭނގި ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން އެމީހާ ހޯދަން ފަށައިފިއެވެ.

ގެއްލިގެން ހޯދަމުންދަނީ ޅ. ނައިފަރު / ލޮޓަސްމާގެ، ޝިއުނީ ހުސައިން ސިޔާނު (18އ) ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ، ޝިއުނީ ވީނުވީއެއް ނޭނގި އާއިލާއަށް އެއްވެސް ހަބަރެއް ނުވެގެން އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ޖޫން މަހުގެ 24 ވަނަ ދުވަހުގެ ވަގުތެއްގައި ކަމަށެވެ.

ފުލުހުންނަށް މިކަން ރިޕޯޓްކުރުމާ ގުޅިގެން އެއަންހެން މީހާ ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު، މިހާތަނަށް ކުރި މަސައްކަތުން ހޯދިފައި ނުވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ..

ވީމާ، ޝިއުނީ އާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ލަސްނުކޮށް އެމައުލޫމާތެއް ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ހުޅުމާލެ ޕޮލިސްގެ ނަންބަރު 9980062 އަށް ގުޅައި ހިއްސާ ކުރުމަށް ފުލުހުން ވަނީ އެދިފައެވެ.