ޔޯގާ ދުވަހާ ގުޅިގެން ގަލޮޅު ދަނޑުގައި އަންގާރަ ދުވަހު ބޭއްވި ހަރަކާތުގައި ހިންގި ހަމަނުޖެހުމާ ގުޅިގެން ހައްޔަރުކުރި އިތުރު މީހުންގެ ވަނަވަރު އާންމުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރު ކުރި މީހުންގެ ޖުމްލަ އަދަދު 19 އަށް އަރާފައިވާއިރު މި މައްސަލައިގައި އިތުރު 7 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލައާ ގުޅިގެން ޖޫން 24 ވަނަ ދުވަހު ހައްޔަރުކުރި މީހުން:

  • ނ. ވެލިދޫ، މިލާނޯ، އިބްރާހީމް ޒިހާނު (25އ)
  • އއ. މާޅޮސް، ލަކީސްޓަރ، އަލީ މިރުޝާދު (31އ)
  • ލ. މުންޑޫ، އަންނާރުމާގެ، މުހައްމަދު ޝާން (32އ)
  • ކ. މާލެ، ގ. ފީނިކްސް، އަބްދުﷲ ނިޔާޒު (41އ)
  • ތ. ތިމަރަފުށި، ޢަލީއާބާދު، އަލީ މުހައްމަދު (36އ)

އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން އެ އެންމެންވެސް 45 ދުވަހަށް ބަންދުގައި ބޭތިއްބުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ޖޫން 23 ވަނަ ދުވަހު ހައްޔަރުކުރި މީހުން:

  • ކ. މާލެ، މ. ފަޅުމަތީގެ، އަހްމަދު އަލީ (26އ)
  • ކ. މާލެ، ގ. ކޮލަމްބިއާ، މުހައްމަދު ޒީޝާން ނާސިރު (30އ)

އެމީހުންގެ ތެރެއިން އަހްމަދު އަލީ 10 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވާއިރު މުހައްމަދު ޒީޝާން ނާސިރަށް 5 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ.

މީގެ އިތުރުން ޖޫން 21 ވަނަ ދުވަހު ހަ މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެ ހަ މީހުންނަކީ:

  • ކ. ތުލުސްދޫ، ވީނަސް، މުޙައްމަދު ނަދީމް (43އ)،
  • ކ. މާލެ، މއ. ކަނުހުރާ، މުހައްމަދު ޛިލްޔަން (37އ)،
  • ކ. މާލެ، ދަފްތަރު ނަންބަރު ދރ 1105، ޝާމީ ރަޝާދު އިދްރީސް (30އ)
  • ތ. މަޑިފުށި، ހެޕީސައިޑް، މުހައްމަދު މައުސޫމް (40އ)،
  • ހއ. ތުރާކުނު، ގްރީންހައުސް، މުހައްމަދު ހުސައިން (47އ)
  • ގދ. ރަތަފަންދޫ، ލިލީޕާކް، އަމީން އަހްމަދު (35އ)

ޖޫން 22 ވަނަ ދުވަހު ހައްޔަރު ކުރި މީހުން:

  • ހއ. ހޯރަފުށި، ޔާގޫތުގެ، މުޙައްމަދު އިސްމާޢީލް (48އ)
  • ސ. ހިތަދޫ، އޯކިޑްވިލާ، އިބްރާހިމް ރައްޒާން (32އ)
  • ލ. މާމެންދޫ، ސޯސަންވިލާ، އާދަމް ނިޝާން (38އ)
  • ގއ. މާމެންދޫ، އަސްރަފީވިލާ، އަޙްމަދު ނަސޫހް
  • ތ. ތިމަރަފުށި، ނަރުގިސްވިލާ، ޢަބްދުﷲ ރިފާޢު (31އ)
  • ށ. މިލަންދޫ، ނާޒް، ފަޟްލޫން މުޙައްމަދު (33އ)

ފުލުހުން ދަނީ އެ މައްސަލައިގައި ބަލަން ޖެހޭ ކަންކަން އިތުރަށް ބަލަމުންނެވެ.

ޔޯގާ ދުވަހާ ގުޅިގެން ކޮންމެ އަހަރަކު ވެސް ސަރުކާރުން ހަރަކާތްތައް ކުރިއަށް ގެންދެއެވެ. ބައިނަލްއަގުވާމީ ފެންވަރުގައި ޔޯގާ ދުވަސް ފާހަގަ ކުރަން ފަށާފައިވަނީ މީގެ އަށް އަހަރު ކުރިން، ޖޫން 21 ގައެވެ.