ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު އަދި ގާނޫނީ ވަކީލް ނާޒިމް ސައްތާރު ކަމަށް ބުނާ މީހަކު އެއް ޖިންސުން ގުޅުން ހިންގާ ވީޑިއޯއެއް އާންމުވެ، ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް އޭނާގެ ޕާސްޕޯޓު ހިފަހައްޓައިފިއެވެ.

ބަންގްލަދޭޝް މީހަކާއެކު އޭނާ އެއް ޖިންސުން ގުޅުން ހިންގަނިކޮށް ނަގާފައިވާ ކަމަށް ބުނެ ދައުރުވަމުން ދިޔަ ވީޑިއޯ ވައިރަލް ވުމުން ނާޒިމް ރޭ ވަނީ ފުލުހަށް ހާޒިރުކޮށް ސުވާލުކޮށްފައެވެ.

ވީޑިއޯއާ ގުޅިގެން ނާޒިމް ވަނީ އެ ވީޑިއޯއިން ފެންނަނީ އޭނާ ނޫން ކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް ވީޑިއޯ ބެލި ގިނަ ބަޔަކު ދަނީ އެ ވީޑިއޯއިން ފެންނަނީ ނާޒިމްކަން އެއްވެސް ޝައްކެތް ނެތް މިންވަރަށް ޔަގީންވާ ކަމަށް ބުނަމުންނެވެ.

ވީޑިއޯ ލީކުވެފައިވަނިކޮށް މިއަދު ނާޒިމް ވަނީ އޭނާގެ ޓުވީޓާ އެކައުންޓުވެސް ޑީއެކްޓިވޭޓް ކޮށްލާފައެވެ.

ޕްރޮފެސަރު ހަސަން އުގައިލް ހިއްސާ ކުރެއްވި ފޭސް ރިކޮގްނިޝަން ޓޫލް (ކާކުކަން ދެނެގަންނަ ސޮފްޓްވެއާ) އިން ބުނާ ގޮތުން، ވީޑިއޯއިން ފެންނަނީ ނާޒިމް ސައްތާރެވެ.