ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު އަދި ގާނޫނީ ވަކީލް ނާޒިމް ސައްތާރު ކަމަށް ބުނާ މީހަކު އެއް ޖިންސުން ގުޅުން ހިންގާ ވީޑިއޯއެއް އާންމުވެ، ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް އޭނާގެ ޓްވިޓާ އެކައުންޓް ޑީއެކްޓިވޭޓް ކުރައްވައިފިއެވެ.
ނާޒިމަކީ ޓްވީޓާގައި ވަރަށް ގިނަ ވާހަކަތައް ހިއްސާކުރައްވަމުން ގެންދަވާ ބޭފުޅަކަށް ވާއިރު ސިޔާސީ އަދި ޝަރޫއީ ދާއިރާގެ އެކި އެކި ކަންކަމުގައި ވެސް އޭނާ ފާޑުވިދާޅުވެ ވާހަކަ ދައްކައެވެ. މީގެއިތުރުން ނާޒިމަށް އަމާޒުކޮށް ތުހުމަތެއް ކޮށްފިނަމަ ޓްވީޓާގައި ރައްދުދެއްވާ ހައްދަައެވެ.
ބަންގްލަދޭޝް މީހަކާއެކު އޭނާ އެއް ޖިންސުން ގުޅުން ހިންގާފައިވާ ކަމަށް ބުނެ ދައުރުވަމުން ދިޔަ ވީޑިއޯ ވައިރަލް ވުމުން ނާޒިމް ރޭ ވަނީ ފުލުހަށް ހާޒިރުކޮށް ސުވާލުކޮށްފައެވެ.
ވީޑިއޯއާ ގުޅިގެން ނާޒިމް ވަނީ އެ ވީޑިއޯއިން ފެންނަނީ އޭނާ ނޫން ކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް ވީޑިއޯ ބެލި ގިނަ ބަޔަކު ދަނީ އެ ވީޑިއޯއިން ފެންނަނީ ނާޒިމްކަން އެއްވެސް ޝައްކެތް ނެތް މިންވަރަށް ޔަގީންވާ ކަމަށް ބުނަމުންނެވެ.
ސޯޝަލް މީޑިއާގައި ގިނަ ބަޔަކު އެ މައްސަލަ ތަހުގީގުކުރަން ގޮވަމުން އަންނައިރު ގިނަ ބަޔަކު އަންނަނީ އޭނާ ހައްޔަރުކުރުމަށް ގޮވާލަމުންނެވެ. އަދި ނާޒިމަކީ ގާނޫނީ ވަކީލަކަށް ވުމުން އޭނާގެ މައްސަލަ ބާކައުންސިލުން ބެލުމަށް ވެސް ގިނަ ބަޔަކު އަންނަނީ ގޮވާލަމުންނެވެ.