ރާއްޖޭގެ ހާރިޖީ މަސްލަހަތަށް ގެއްލުން ދިނުމުގެ އަމަލުތަކަކީ ޖިނާއީ ކުށެއް ގޮތުގައި ކަނޑައެޅުމަށް ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ނިންމައިފިއެވެ.
އެޓާނީ ޖެނެރަލް އޮފީހުން ބުނީ ރާއްޖޭގެ ހާރިޖީ މަސްލަހަތަށް ގެއްލުން ދިނުމުގެ އަމަލުތަކަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލެއް އެކުލަވާލައި ރައްޔިތުންގެ މަޖިލިހަށް ހުށަހެޅުމަށް ރައީސް އޮފީހުން ފޮނުވާފައިވާ ކަމަށެވެ.
ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅުމުގެ ބޭނުމަކީ ރާއްޖޭގެ ގާނޫނޫލްއުގޫބާތުގައި ބަޔާންކުރާ އަމަން އާންމާއި ރައްކާތެރިކަމާއި އަހުލާގީ މިންގަނޑުތަކާ ގުޅޭ ކުށްތަކުގެ ތެރޭގައި ރާއްޖޭގެ ހާރިޖީ މަސްލަހަތަށް ގެއްލުން ދިނުމުގެ އަމަލުތައް ވަކި ކުށެއްގެ ގޮތުގައި ހިމެނުން ކަމަށް އެޓާނީ ޖެނެރަލް އޮފީހުން ވަނީ ބުނެފައެވެ.
އަދި އެ ކުށުގެ ގޮތުގައި ބެލެވޭނެ އަމަލުތައް ސާފުކޮށް ބަޔާން ކުރުމަށްޓަކައި އެ ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ގެންނަން ބޭނުންވާ ކަމަށް ވެސް ބުނެފައިވެއެވެ. އަދި އެ އިސްލާހުގެ ދަށުން ކުށުގެ ގޮތުގައި ކަނޑައަޅާ މައިގަނޑު ކަންކަތަކުގެ ތެރޭގައި ހިމެނެނީ އެހެން ގައުމެއްގެ ދިދައަކަށް، ގައުމީ ރަމްޒަކަށް ނުވަތަ ނިޝާނަކަށް ގެއްލުން ދިނުން ނުވަތަ ބަދަލު ގެނައުމާއި އެހެން ގައުމަކަށް ނިސްބަތްވާ މުއައްސަސާއަކަށް ގެއްލުން ދިނުން ނުވަތަ ގެއްލުން ދިނުމަށް ގޮވާލުމާއި އެހެން ގައުމެއްގެ ރައްޔިތަކަށްވީތީ ފުރައްސާރަ ކުރުމުގެ ގޮތުން އަނިޔާ ދިނުން ނުވަތަ އަނިޔާއެއް ދިނުމަށް ގޮވާލުމެވެ. އަދި އެހެން ގައުމެއްގެ ރައްޔިތަކަށްވީތީ ރާއްޖެ ދޫކޮށް ދިއުމަށް ގޮވާލުން ވެސް ހިމެނެއެވެ.
ހާރިޖީ މަސްލަހަތަށް ގެއްލުން ދިނުމުގެ އަމަލުތަކަކީ ޖިނާއީ ކުށެއް ގޮތުގައި ކަނޑައެޅުމަށް ނިންމައިފާ ވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރުމަށް ގޮވާލާ އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ހަރަކާތްތަކެއް ހިންގަމުންދަނިކޮށްވެ. މީގެ ކުރިންވެސް އެ ހަރަކާތް ހުއްޓުވުމަށް ރައީސް ވަނީ ގަރާރެއްވެސް ނެރުއްވާފައެވެ.
ފުރަތަމަ ޤައުމުގެ މިނިވަންކަމަށް ބުރޫއަރާފަދަ އަމަލާއި ވަގު އެގްރީމެންޓު ގައި ސޮއިކުރުން ކުށަކަށް ހަދާ މާއްދާއެއް އިތުރު ކުރާންވީނު