އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސްގެ ތިއަރީ އިމްތިހާން ދިނުމާއި، ތަމްރީނު ހިންގުމަށް މޯލްޑިވްސް ޕޮލިޓެކްނިކާއި، މިނިސްޓްރީ އޮފް ޓްރާންސްޕޯޓާ ދެމެދު އެމްއޯޔޫއެއްގައި ސޮއި ކޮށްފިއެވެ.
މި އެމްއޯޔޫގައި ސޮއި ކުރެއްވީ މޯލްޑިވްސް ޕޮލިޓެކްނިކްގެ ފަރާތުން ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަން އާއި ޓްރާންސްޕޯޓް މިނިސްޓްރީގެ ފަރާތުން މިނިސްޓަރު އާއިޝަތު ނަހުލާއެވެ.
މިއަދުގެ އެމްއޯޔޫގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވީ، ޕޮލިޓެކްނިކާއި ޓްރާންސްޕޯޓު މިނިސްޓްރީން ގުޅިގެން ތިއަރީ ޓެސްޓުގެ ހިދުމަތް މީގެ ކުރިން ވެސް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އަދި ގަރާޖުތަކުގައި ޓްރާންސްޕޯޓުން ބޭނުންވާ ފެންވަރުގެ ފުރުސަތު ޕޮލިޓެކްނިކަށް ލިބިގެންދާ ކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.
މިއަދު ސޮއި ކުރި އެމްއޯޔޫގެ ތެރެއިން ޕޮލިޓެކްނިކްގެ ޓްރަސްޓު ފަންޑަށްވެސް ހެޔޮ ގޮތެއް މެދުވެރިވެގެން ދާކަމަކީ އުފާ ކުރައްވާ ކަމެއްގެ ގޮތުގައި މިނިސްތަރު ފާހަގަ ކުރެއްވިއެވެ. އަދި އެއީ ވރަސް މުހިއްމު ފައިދާއެއް ކަމަސް ވެސް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ. އަދި ޓްރާންސްޕޯޓު ދާއިރާއަކީ ވަރަށް ގިނަ ތަފާތު ސްކިލްސްތަކެއް އެކުލެވޭ މަސައްކަތްތަކެއް ހިމެނޭ ވުޒާރާއަކަށް ވާއިރު އެ ވުޒާރާގައި ހިމެނޭ މަސައްކަތްތަކަކީ ސްޓޭންޑަޑްތަކަކާ އެއްގޮތަށް ކޯސްތައް ހިންގާ ދާއިރާއަކަށް ވުމަކީ ދެެކެވަޑައިގަންނަވާ ހުވަފެނެއްގެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޓްރާންސްޕޯޓު މިނިސްޓަރު ނަހުލާ ވިދާޅުވީ، ސޮއި ކުރެވުނު އެމްއޯޔޫގެ ސަބަބުން ޕޮލިޓެކްނިކުން ތަމްރީނު ކުރުމަށް އެހީތެރިކަން ލިބިގެންދާނެ ކަމަށާއި މާލެ ސަރަހައްދުގައި ރޯޑް ވާދިނަސް ހެދެމުންދާ ގަރާޖުތަކުގައި ތިބޭނީ ޕޮލިޓެކްނިކުން ޓްރެއިންވެފައި ތިބި މީހުން ކަމަށެވެ. އަދި ކަންކަން ފުލުހުންނަށް ވެސް މޮނިޓާ ކުރަން ފަސޭހަ ވެގެން ދާނެ ކަމަށް ވެސް ނަހުލާ ވިދާޅުވިއެވެ.
މިއަދު ސޮއި ކުރި އެމްއޯޔޫގައި ވާ ގޮތުގައި ޕޮލިޓެކްނިކް މެދުވެރިކޮށް ހަދާ އިމްތިހަން ތަކުގެ ތެރޭގައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސްގެ ތިއަރީ އިމްތިހާނާއި، އެއްގަމު އުޅަނދު ދުއްވުމާ ގުޅޭ ތަމްރީން ޕްރޮގްރާމްތައް ހިންގުމާއި، ސެޓްފިކްޓް އިން ވެހިކަލް އިންސްޕެކްޝަނާއި، ސެޓްފިކެޓް 3 އިން ޑްރައިވިން އެގްޒެމިނާއާއި އަދި ސެޓްފިކްޓް 3 އިން ޑްރައިވިން އިންސްޓްރަކްޓަރު ހިމެނެއެވެ.