މިނިސްޓްރީތައް މަދުކުރަން ޖެހޭ ކަމަށާއި ސަބަބަކީ ދައުލަތް އޮތީ ލައިގެން ކާނެ އެއްޗެއް ނެތް ހާލަތުގައި ކަމަށް މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގު ވިދާޅުވެއްޖެއެވެ.

ތޯރިގް މިފަދައިން ވިދާޅުވީ ރާއްޖޭގެ ރައީސް މުހައްމަދު އަމީން ދީދީގެ މަރަށް އިންސާފު ހޯދުމަށްޓަކައި އޮމްބަޑްސްޕާސަންގެ އޮފީހަށް ހުށަހަޅާފައިވާ މައްސަލަ ދިރާސާ ކުރަމުންދާ ކަމަށް އެ އޮފީހުން ހާމަކުރެއްވި ހަބަރާ ގުޅިގެންނެވެ.

ތޯރިގް ވިދާޅުވީ ގައުމުގެ އިގްތިސާދީ ހާލަތު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ގަބޫލުކުރައްވަންޖެހޭ ކަމަށާއި އެގޮތުން އޮމްބަޑްސްޕާސަން އޮފީސް އުވާލަންޖެހޭ ކަމަށެވެ.

މީގެ އިތުރުން ދައުލަތް ހިންގުމުގެ އޮނިގަޑުގައި މިހާރު އޮތް 19 މިނިސްޓްރީ 13 ވަރަކަށް މިނިސްޓްރީއަށް ދަށްކުރަން ތޯރިގު ވަނީ ގޮވާލައްވާފައެވެ. އަދި ގައުމުގެ އިގްތިސާދީ ހާލަތު ގަބޫލުކުރައްވަން ގޮވާލާ ތޯރިގު ވަނީ މިހާރު ދައުލަތް އޮތީ ލައިގެން ކާނެ އެއްޗެއް ނެތް ހާލަތުގައި ކަމަށް ވިދާޅުވެފައެވެ.

ފާއިތުވި 4 އަހަރުގެ ތެރޭގައި ސަރުކާރުން ވަނީ 32 ލޯނެއް ނަގާފައެވެ. އެއީ ޖުމްލަ 37 މިލިއަން ރުފިޔާއެވެ. އަދި އެންމެ ގިނަ ލޯނު ސަރުކާރުން ނެގީ 2020 ވަނަ އަހަރުއެވެ. އެ އަހަރު 18 ލޯނެއް ނެގިއެވެ.