ރައްކާތެރި މުޖްތަމައެއް ބިނާކުރުމަށްޓަކައި މުޖްތަމައުގައި ކުށްމަދުކޮށް، އާއްމު ރައްޔިތުން ހޭލުންތެރި ކުރުވުމަށް މޯލްޑިވްސް ޕޮލިސް ސާވީސްގެ ފަރާތުން ކުރިޔަށް ގެންދާ ކޮމުޔުނިޓީ ސޭފްޓީ ޕާޓްނާޝިޕް ޕްރޮގްރާމް އެމްޑަބްއުޔުއެސްސީން ސްޕޮންސާ ކޮށްދީފިއެވެ.

އެމްޑަބްލިއުއެސްސީން ބުނީ، ސްޕޮންސާޝިޕްގައި ސޮއިކޮށްފައިވަނ، މިއަދު މޯލްޑިވްސް ޕޮލިސް ސާވީސްގައި ބޭއްވި ހަފްލާގެ ތެރެއިން ޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު އަދި މޯލްޑިވްސް ޕޮލިސް ސާވިސްގެ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަލީ ރަޝީދު ކަމަށެވެ.

އެމްޑަބްލިއުއެސްސީން ބުނީ، މިއަހަރުގެ ކޮމިޔުނިޓީ ސޭފްޓީ ޕާޓްނޝިޕް ޕްރޮގްރާމްތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ "އިސްނަގާނީ އަހަރެން"މިޝިއާރުގެ ދަށުން ކަމަށާއި މި ކޮމިޔުނިޓީ ސޭފްޓީ ޕްރޮގުރާމް ކުރިއަށް ގެންދެވޭނީ ހުރިހާ އުމުރު ފުރަޔަކަށް ގުޅޭގޮތުން ކަމަށެވެ.

މިގޮތުން ކޭމްޕްތަކާއި ހޭލުންތެރިކުރުމުގެ ޕްރޮގުރާމްތަކާއި ކުޅިވަރު ހަރަކާތްތައް ކުރިޔަށް ގެންދަން އަމާޒުކޮށްފައިވަނީ ސްކޫލް ކުދިންނާއި، ޒުވާނުންނާއި އަދި އިސްރަށްވެހިންނަށް ހާއްސަކޮށްގެން ކަމަށް އެމްޑަބްލިއުއެސްސީން ވަނީ ބުނެފައެވެ.

އެމްޑަބްލިއުއެސްސީން ބުނީ މި ޕްރޮގްރާމްގެ ދަށުން ހަރަކާތްތަކުގެ ބައިވެރިންނަށް އަމިއްލަ ނަފްސުގެ ސަލާމަތާއި ރައްކާތެރިކަމުގެ ހުނަރުތަކާއި ފުރަތަމަ އެހީ ފޯރުކޮށްދޭނެ ގޮތްތައް ވެސް ދަސްކޮށްދޭނެ ކަމަށެވެ.

އަދި އަލިފާނުގެ ހާދިސާތަކުގައި އަމަލުކުރާނެ ގޮތްތައް ދަސްކޮށްދިނުމަށްގެންދާ ތަމްރީންތަކާއި، ޑޮމެސްޓިކް ހައުސް ވަޔަރިންއާއި، އާންމު ދިރިއުޅުމާއި މުޖުތަމައުގައި އުޅޭއިރު އަމަލުކުރަންޖެހޭ ގޮތްތަކާއި، ދިރިއޅުމުގެ ރިވެތި އަދަބުތަކާއި، ލީޑާޝިޕްގެ ބައިތަކުގެ އިތުރުން، ރެޕަލިންގެ ހަރަކާތްތައް ވެސް ކުރިއަށް ގެންދާނެ ކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ.

އެމްޑަބްލިއުއެސްސީގެ އަމާޒަކީ ކުންފުނީގެ އިޖްތިމާއީ ޒިންމާގެ ދަށުން، މުޖުތަމައުގެ ކުރި އެރުމާއި، ލާބައާއި މަންފާއަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެކުންފުނިން ބުނެއެވެ.