ޕިކްނިކް އައިލެންޑްގެ ގޮތުގައި ތަރައްގީކުރާ ކ. ކުޑަގިރީގެ މަސައްކަތްތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ބައްލަވާލައްވައިފިއެވެ.
ރައީސް އޮފީހުން ބުނީ ކުޑަގިރިއަށް ވަޑައިގެން ރައީސް ސޯލިހު އެތަން ފެހިކުރުމަށް ކުރާ މަސައްކަތުގެ ދަށުން ރުކެއް ވެސް އިންދަވާފައި ކަމަށާއި އެ ދަތުރުގައި ނައިބް ރައީސް ފައިސަލް ނަސީމް ވެސް ބައިވެރިވެވަޑައިގަތެވެ.
އަންނަ މަހު ޕިކްނިކް އައިލެންޑް ހުޅުވުމުގެ މަސައްކަތް ކުރަމުން އަންނައިރު އެ ރަށުގައި މަގުބައްތި ޖެހުމާއި ކަރަންޓު ޑިސްޓްރިބިއުޝަން ނެޓްވޯކް އެޅުމަށް ސްޓެލްކޯއާ ހަވާލުކޮށްފައި ވާއިރު އެ ރަށުގައި ކަރަންޓު ނެޓްވޯކް ގާއިމް ކުރުމަށްޓަކައި ޖުމްލަ 3000 މީޓަރުގެ ކޭބަލް ވަޅުލުމަށް ވަނީ ނިންމާފައެވެ.
މީގެ އިތުރުން ކުޑަގިރީގައި 150 މީހުންގެ ޖާގައިގެ މިސްކިތެއްވެސް އަޅާނެއެވެ. މި މިސްކުތަކީ ފެނަކަ ކޯޕަރޭޝަންގެ އެހީގައި އަޅާ މިސްކިތެކެވެ.
ކުޑަގިރި ޕިކްނިކް އައިލެންޑް ގެ މިސްކިތް އަޅާނީ ފެނަކަ އަކުން ނޫން