އުތުރު ތުރުކިސްތާނުގެ މުސްލިމުންގެ ހައްގުގައި އިސްލާމިކް މިނިސްޓްރީން ވާހަކަ ދައްކައިފިއެވެ.

ވީގޫރު މުސްލިމުންގެ ހައްގުގައި ތުރުކީވިލާތުގައި ބޭއްވި ބައިނަލްއަގްވާމީ މި ސަމިޓުގައި މިނިސްޓާ އޮފް ސްޓޭޓް ފޯ އިސްލާމިކް އެފެއާޒް ބައިވެރިވެ ވަޑައިގެން، އުތުރު ތުރުކިސްތާނުގައި އަނިޔާ ލިބެމުންދާ މުސްލިމުންގެ ހައްގުގައި ވަނީ ވާހަކަ ދައްކަވާފައެވެ.

މި ސަމިޓަކީ މިހާތަނަށް މިކަމުގައި ބޭއްވި އެންމެ ފުރަތަމަ ސަމިޓެވެ. މި މަހު 10 އިން 12 އަށް ކުރިއަށް ދާ މި ސަމިޓު ބާއްވާފައި ވަނީ ތުރުކީ ވިލާތުގެ އިސްތަންބޫލުގައެވެ.

މި ސަމިޓުގެ ސަބަބުން ވީގޫރު މުސްލިމުންގެ ހައްގުގައި ބައިނަލްއަގުވާމީ މަސްރަހުގައި ކުރެވޭ މަސައްކަތްތައް އިތުރުވެ ފުޅާކުރެވިގެން ދާނެ ކަމަށް ގުރުއާނާ ބެހޭ މަރުކަޒުގެ އިންޗާޖު ސްޓޭޓް މިނިސްޓަރު ޝައިހް އިލްޔާސް ޖަމާލް ވަނީ ވިދާޅުވެފައެވެ.

ރާއްޖެއިން އަބަދުވެސް އަންނަނީ އެކި ޕްލެޓްފޯމްތަކުގައި މުސްލިމުންގެ ހައްގުގައި ވަކާލާތުކޮށް ވާހަކަ ދައްކަމުންނެެވެ.