19 ވަނަ އޭޝިއާ ޕެސިފިކް ސްޓީވީ އެވޯޑްސް އިން ފާހަގަކޮށްލެވޭ އެވޯޑްތަކެއް އުރީދޫ އިން ހާސިލް ކޮށްފިއެވެ.
އުރީދޫން ބުނީ އެ ކުންފުންޏަށް ފާހަގަކޮށްލެވޭ އެވޯޑްތަކެއް މިއަހަރު ބޭއްވި 19 ވަނަ އޭޝިއާ ޕެސިފިކް ސްޓީވީ އެވޯޑްސް އިން ލިބިފައިވާ ކަމަށާއި އެކަން އިއުޅާން ކުރުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
ފޯރުކޮށްދީފައިވާ ގިނަ ގުނަ ހިދުމަތްތަކަށް ސިލްވާ އަދި ބްރޯންޒް ސްޓީވީ ލިބިފައި ވާއިރު މޫލީ އަދި އެމް-ފައިސާ ގެ ހިދުމަތައްވެސް ފާހަގަ ކޮށްލެވޭ އެވޯޑެއް ވަނީ ހާސިލްކޮށްފައެވެ. އަދި މި އެވޯޑްތައް ހާސިލްވުމުން އެ ކުންފުނިން ވަނީ މުޅި ޓިމަށް މަރުހަބާ ކިޔާފައެވެ.
19 ވަނަ އޭޝިއާ ޕެސިފިކް ސްޓީވީ އެވޯޑްސް އިން އުރީދޫއަށް ލިބުނު އެވޯޑުތައް:
- ގޯލްޑް ސްޓީވީ - އިނޮވޭޓިވް އެޗީވްމަންޓް އިން އޯގަނައިޒޭޝަން ރިކަވަރީ
- ސިލްވާ ސްޓީވީ - އެކްސެލެންސް އިން އިނޮވޭޝަން އިން ކޮންސިއުމާ ޕްރޮޑަކްޓް އެންޑް ސާވިސް އިންޑަސްޓްރީސް (މޫލީ އަދި އެމް-ފައިސާގެ ހިދުމަތްތައް)
- ބްރޮންޒް ސްޓީވީ – އެކްސެލެންސް އިން އިނޮވޭޝަން އިން ޓެކްނޮލޮޖީ އިންޑަސްޓްރީސް (އެމް-ފައިސާގެ ހިދުމަތްތައް)
މިދިޔަ އަހަރު ވެސް އުރީދޫން ވަނީ 18 ވަނަ ސްޓީވީ އިންޓަނޭޝަނަލް ބިޒްނަސް އެވޯޑްސް އަދި އޭޝިއާ ޕެސިފިކް ސްޓީވީ އެވޯޑްސްއިން ފާހަގަކޮށްލެވޭ އެވޯޑްތަކެއް ހާސިލްކޮށްފައެވެ. އެ ގޮތުން މިދިޔަ އަހަރު 18ވަނަ އަހަރީ އިންޓަނޭޝަނަލް ބިޒްނަސް އެވޯޑްސް އިން ބްރޮންޒް ސްޓީވީ އެވޯސޤ އުރީދޫއަށް ލިބިފައިވަނީ މޯސްޓް ވެލުއަބަލް ސާވިސްގެ ދާއިރާއިންނެވެ. އެއީ ކޮވިޑް-19 އާ ގުޅިގެން އުރީދޫ މޯލްޑިވްސް އިން ފޯރުކޮށްދިން އެހީތެރިކަން ފާހަގަކޯށް ދީފައިވާ އެވޯޑެކެވެ.
ހަމައެއާއެކު 18 ވަނަ އޭޝިއާ ޕެސިފިކް އެވޯޑްސްއިން އުރީދޫއަށް މދިިޔަ އަހަރު ދެ އެވޯޑެއް ލިބިފައި ވެއެވެ. އެއީ ސިލްވާ ސްޓީވީ އެވޯޑަކާއި ބްރޮންޒް ސްޓީވީ އެވޯޑެކެވެ. ސިލްވާ ސްޓީވީ ދީފައި ވަނީ މޯސްޓް ވެލުއަބަލް ކޯޕޮރޭޓް ރެސްޕޯންސް ދާއިރާއިން، ކޮވިޑް-19 އާ ގުޅިގެން އުރީދޫ މޯލްޑިވްސް އިން ފޯރުކޮށްދިން އެހީތެރިކަން ފާހަގަ ކުރުމުގެ ގޮތުންނެވެ. އަދި ބްރޮންޒް ސްޓީވީ އެވޯޑް ދީފައި ވަނީ އެކްސެލެންސް އިން އިނޮވޭޝަން އިން ކޮންސިއުމާ ޕްރޮޑަކްޓް އެންޑް ސާވިސް އިންޑަސްޓްރީސް ދާއިރާއިން މޫލީ އަދި އެމް-ފައިސާގެ ހިދުމަތަށެވެ.
ޑިޖިޓަލް ދިވެހިރާއްޖެއެއް ބިނާކުރުމުގައި އުރީދޫން ވަނީ އިސްނަގައިގެން އީޖާދީ ހިދުމަތްތައް ތައާރަފް ކޮށްފައެވެ. މި އަގު ހުރި ބުރަ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން އެ ކުންފުނިން ދަނީ ދުނިޔޭގެ ވަރުގަދަ ޕްލެޓްފޯމްތަކުގެ ސަމާލުކަން ހޯދާ، ފަހުރުވެރި އެވޯޑްތައް ހާސިލްކުރަމުންނެވެ.
ރާއްޖޭގެ ރައްޔިތުންނާ އޮންނަ ގާތް ގުޅުން ދަމަހައްޓާ، ބާރު ސްޕީޑެއްގައި ބަދަލުވަމުން އަންނަ އީޖާދީ ޓެކްނޮލޮޖީ އާ ދިވެހިން ގުޅުވާލަދީ، އިތުރު ފުރުސަތުތަކާ އެކު ދިވެހިންގެ ދިރިއުޅުމަށް އިތުރު ފަހިކަމެއް ގެނެސްދިނުމަށް ކުރަންޖެހޭ މަސައްކަތްތަކަކީ އެންމެ މުހިންމުކަމެއްގެ ގޮތުގައި ދެކިގެން ޑިޖިޓަލް ދިވެހިރާއްޖެއެއް ބިނާކުރުމުގައި އަބަދުވެސް ދެމިތިބޭނެކަމުގެ ޔަގީންކަން އުރީދޫން ވަނީ ދީފައެވެ.