ޕޮލިސް ކޮލެޖުގެ ވެރިއަކަށް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު ޝިފާން އައްޔަން ކޮށްފިއެވެ.
ފުލުހުންގެ އިދާރީ ހިންގުމުގައި ހިމެނޭ ޑިޕާޓްމަންޓްތަކުގެ ބައެެއް މަގާމުތަކަށް އާންމު އުސޫލަކުން ބަދަލު ގެނެސްފައިވާއިރު ކުރިން ހެޑް އޮފް މާލެ އޭރިއާ 1 ( މާލޭ ސިޓީ ޕޮލިސް) ގެ މަގާމުގައި ހުންނެވި ޝިފާން ހެޑް އޮފް ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓްގެ މަގާމަށް ވަނީ އައްޔަން ކޮށްފައެވެ.
ފުލުހުން ބުނީ އެގޮތަށް މިއަދުން ފެށިގެން ބަދަލު ގެނެސްފައިވަނީ ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް، މާލެ އޭރިއާ 1 ( މާލެ ސިޓީ ޕޮލިސް) އަދި ސެންޓަ ފޮ އެޕްލައިޑް ޕޮލިސިންގެ އިސް މަގާމުތަކަށް ކަމަށެވެ.
އޭގެ އިތުރުން ހެޑް އޮފް ސްޕެޝަލިސްޓް ޓެކްޓިކަލް ރެސްޕޯންސްގެ މަގާމުގައި ކުރިން ހުންނެވި ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ހުސައިން ސަމީރު އައްޔަނު ކޮށްފައި ވަނީ ހެޑް އޮފް މާލެ އޭރިއާ 1 (މާލެ ސިޓީ ޕޮލިސް )ގެ މަގާމަށް ކަމަށް ފުލުހުން ބުނެއެވެ. އަދި ހެޑް އޮފް ސެންޓަ ފޮ އެޕްލައިޑް ޕޮލިސިންގެ ހެޑަކަށް އަންޔަނު ކޮށްފައި ވަނީ ޗީފް އިންސްޕެކްޓަ އޮފް ޕޮލިސް މުހައްމަދު ސަބާހު ކަމަށާއި މުހައްމަދު ސަބާހު ކުރިން ހުންނެވީ ހެޑް އޮފް ހައި ވިޒިބިލިޓީ ޕޮލިސިން ޔުނިޓުގެ މަގާމުގައި ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
ދެން ރަގަޅު ތާ . އަނެއްކާވެސް ކަރަޕްޓް ވެފްއިވާ މީހަކު ކޮލެޖް ވެރިޔަކަށް ލާފަ.. އެންޓި ކަރަޕްޝަން ކިޔަވަދޭން އޭނާއާއި ހަވާލްލުރަންވީ. މީނާ މީ ނާޖާއިޒު ގޮތުގައި މަތި މައްޗަށް ޕްރޮމޯޝަން ޖަހައިގެން ހުސައިން ވަހީދު އާއި އަދީބުގެ ޕަޕެޓެއް ހެން އުޅުނު މީހެއް.