57.2 މިލިއަން ޑޮލަރަށް 4 ރަށެއްގެ ހޮސްޕިޓަލް އަޅަން ހަވާލުކޮށްފިއެވެ.

ހެލްތު މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި ތިން އަތޮޅު ހޮސްޕިޓަލު ހިމެނޭ ގޮތަށް، ހަތަރު ރަށެއްގައި ހޮސްޕިޓަލް އެޅުމަށް މިއަދު ހަވާލުކުރީ އިންޑިއާގެ ކުންފުންޏެއް ކަމަށްވާ ޓެލެކޮމިއުނިކޭޝަން ކޮންސަލްޓަންޓްސް އިންޑިއާ ލިމިޓެޑް (ޓީސީއައިއެލް) އާއެވެ.

އެ ކުންފުންޏާ މިއަދު ހަވާލުކުރި ހޮސްޕިޓަލް ތަކަކީ ހއ. އަތޮޅު ހޮސްޕިޓަލާއި ދ. އަތޮޅު ހޮސްޕިޓަލްގެ އިތުރުން ގއ. އަތޮޅު ހޮސްޕިޓަލް އަދި ރ. އަލިފުށި ހޮސްޕިޓަލެވެ.

އެ ޕްރޮޖެކްޓްގެ ދަށުން ދިއްދޫ، ކުޑަހުވަދޫ އަދި ވިލިނގިލީގައި އިމާރާތްކުރުމަށް ހަމަޖެހިފައި ވަނީ 50 އެނދުގެ ހޮސްޕިޓަލް ތަކެކެވެ. އަދި އަލިފުށީގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވަނީ 30 އެނދުގެ ހޮސްޕިޓަލެކެވެ.