ސަރުކާރުގެ ބޭނުމަކީ ވީހާވެސް ބޮޑަށް ކައުންސިލްތައް ބާރުވެރިކޮށްގެން ރައްޔިތުންނަށް ހިދުމަތްތައް ފޯރުކޮށްދިނުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ މިއަދު ވިއަވަތި ރާއްޖެ ކޮންފަރެންސްގެ ފުރަތަމަ ސެޝަން ޗެއާކުރައްވާ ސެޝަން ފެއްޓެވުމުގެ ގޮތުން ދެއްކެވި ވާހަކަފުޅުގައެވެ.
މި ސެޝަން އަމާޒުކޮށްފައި ވަނީ ކައުންސިލްތައް މާލީގޮތުން ބާރުވެރިކުރުމުގެ މައްޗަށެވެ. މި ސެޝަންގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ކައުންސިލްތައް މާލީ ގޮތުން ބާރުވެރިކުރުމަށް ސަރުކާރުން ގެންނަވާފައިވާ ބަދަލުތަކާއި އަދި އެ ބަދަލުތަކާއެކުވެސް އަދިވެސް ރަނގަޅުކުރަންހުރި ކަންކަން ހުރިކަން ފާހަގަކުރައްވާ އެކަންކަމުގެ ބައެއް ތަފްސީލުތަކަށް އަލިއަޅުވާލައްވާފައެވެ.
އެގޮތުން ކައުންސިލްތަކަށް ސަރުކާރުން ބްލޮކް ގްރާންޓްގެ ގޮތުގައި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން ކައުންސިލުތަކަށް އިތުރު އާމްދަނީ ހޯދޭނެ ކަންކަން ފަހިކޮށްދެއްވާފައި ވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އެހެންނަމަވެސް އަދިވެސް ބްލޮކް ގްރާންޑް ދޭ ފޯމިއުލާއާ ގުޅޭގޮތުންނާއި ކައުންސިލްތަކުގައި އިހްތިސާސްގެ ތެރޭގައި ހުންނަ ތަންތަނުގެ ބޭނުން ފުރިހަމަގޮތުގައި ހިފުމަށް ކުރިމަތިވާ ދަތިތައްފަދަ ކަންކަން އަދިވެސް ކުރިމަތިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އަދި މިކަންކަމާއި އަދި އިތުރަށް ފާހަގަކުރެވޭ ކަންކަމާ މި ކޮންފަރެންސްގައި ފުޅާދާއިރާއެއްގައި މަޝްވަރާކުރެއްވުމަށް ކޮންފަރެންސްގެ ބައިވެރިން ކިބައިން ރައީސް އެދިވަޑައިގެންނެވިއެވެ.
ކޮންފަރެންސް ފުރަތަމަ ސެޝަންގައި މަސްތުވާތަކެއްޗާއި ގޭންގް ކުށްތަކާއި ދެކޮޅަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކާ ގުޅޭ ޕްރެޒެންޓޭޝަނަކާއި އައިލްސް އާއި ގުޅޭ ޕްރެޒެންޓޭޝަނެއްގެ އިތުރުން އިޖްތިމާއީ ބަދަހި މަދަދުވެރިން،"އިބަމަ" ޕްރޮގްރާމާ ގުޅޭ ޕްރެޒެންޓޭޝަނެއް ވެސް ވަނީ ހުށަހަޅާފައެވެ.
މި ޕްރެޒެންޓޭޝަންތަކުގެ ތެރޭން މަސްތުވާތަކެއްޗާ ގޭންގް ކުށްތަކާ ގުޅޭ ޕްރެޒެންޓޭޝަންގައި މި ކުށްތަކުގެ ހާލަތާއި ކުށްތައް ހުއްޓުވުމަށް ގައުމީފެންވަރުގައި ކުރެވުމުންދާ މަސައްކަތްތައް ފުލުހުންގެ ފަރާތުން ކޮންފަރެންސްގެ ބައިވެރިންނާ ހިއްސާ ކުރެއްވިއެވެ.
މި ސެޝަންގައި ކައުންސިލަރުން "ފަނޯއްލަ" ދަރުބާރުގައި މަޝްވަރާކުރައްވާ ފާހަގަކުރެއްވި ކަންކަމާއި ގުޅޭގޮތުންނާއި ކައުންސިލަރުން ފާހަގަކުރަން ބޭނުންވާ އިތުރު ކަންކަން ފާހަގަކުރުމަށް ވަނީ ފުރުސަތު ދީފައެވެ.
ލޭންޑް ޔޫޒްޑް ޕްލޭންސް ތައް ލަސްވުމުގައި ހުރި ފެކްޓަރސް ތަކަކީ ކޮބައިތޭ އެބަޖެހޭ ބަލާ ދިރާސާ ކުރަން ޖަޕާނު ސަރުކާރުން 2015 ވަނަ އަހަރު ރާއްޖެ އަށް ހިލޭ އެހީގެ ގޮތުގައި ވެއްޖެއޭ ވަރަށް ވަރުގަދަ ޓެކްނޮލޮޖީ އެއް ހިމެނޭ ޓެރެސްޓްރިއަލް ޑިޖިޓަލް ބްރޯޑް ކާސްޓިންގް ޕްރޮޖެކްޓް ވެސް ދެއަހަރުން ދިހަ އަހަރަށް ދެމިހެންދަނީ އެއީ ލޭންޑް ޔޫޒްޑް ޕްލޭންސް އަދި އެޕްރޫވަލްސް ނުލިބިގެންނޭ
ކޮވިޑަށް ފަހު ދުނިޔޭގެ އިލްމް ވެރިން އެއްބަސްވާ ގޮތުގައި ހުރިހާ ގައުމު ތަކެއްގެ ހުރިހާ ވިލެޖްސް ތަކާއި އަދި ސިޓީ އާއި މެޓްރޮޕޮލިޝަންސް ތަކުގައި އެބަޖެހޭ ކާބޯތަކެތި ފޯރުކޮށްދޭ ގަސް ތައް ހައްދަން ސަބަބަކީ ދުނިޔެ މިހާރު ދަތުރު ކުރަމުން މިދަނީ ފުޑް ޝޯރޓޭޖް ކްރައިސިސް އަކާއި ދިމާލަށް ކަން ހުރިހާ ފިއުޗަރިސްޓުންގެ ފޯރކާސްޓުން ދައްކަމުންދާތީއޭ މިގޮތުން މާލޭގެ މަގުތައް ޜިޑިޒައިން ކުރަން އެބަޖެހޭ ކާބޯތަކެތި ފޯރުކޮށްދޭ ގަސްތަކުން
ނޫސްވެރިން ތިލަފުށި ގޮނޑަށް ސައިޓް ވިޒިޓް ހެދުން އެއީ ރަނގަޅު ކަމެކޭ ތިލަފުއްޓަށް މިހާރު ޖަމާވާ ކުނި ތަކުގައި މުނިސިޕަލް ވޭސްޓް އިންޑަސްޓްރިއަލް ވޭސްޓް ހިމެނޭނެއޭ