"ވިއަވަތި ރާއްޖެ" މަޝްވަރާ ބައްދަލުވުމުގެ ދެވަނަ ބައި އއ. އުކުޅަހުގައި ފަށައިފިއެވެ.

މިމަޝްވަރާ ބައްދަލުވުން ފަށާފައިވަނީ މިއަދު ހެނދުނު 9 ގައެވެ.

ދެދުވަހުގެ މުއްދަތައް ކުރިއަށްދާ މި ކޮންފަރެންސްއަކީ މެދުރާއްޖެތެރޭގެ އަތޮޅު ތަކަށް އަމާޒުކޮށް ބޭއްވާ ކޮންފަރަންސްއެވެ. މިގޮތުން މިކޮންފަރަންސްގައި ޖުމްލަ 124 ކައުންސިލުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުން ބައިވެރިވެއެވެ.

ރައީސްގެ އިސްނެގެވުމުގެ މަތިން އިންތިޒާމުކޮށް ބާއްވާ ވިއަވަތި ކޮންފަރަންސްގެ މައިގަނޑު އެއް މަގްސަދަކީ ރާއްޖޭގެ ލާމަރުކަޒީ ނިޒާމު ފުރިހަމަކޮށް ކައުންސިލުތައް ބާރުވެރިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ފަށްޓަވާފައިވާ މަސައްކަތް އިތުރަށް ހަރުދަނާކުރުމެވެ.

ވިއަވަތި ކޮންފަރަންސް 2022 ވަނަ އަހަރު ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ 3 ސަރަހައްދަކަށް ބަހާލައިގެން ކޮންމެ ސިޓީ ކައުންސިލަކާއި އަތޮޅު ކައުންސިލަކާއި ރަށު ކައުންސިލަކާއި އތމ ކޮމެޓީ ބައިވެރިވާ ގޮތަށެވެ.