މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިގެން ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ.
ގޭސް ފުޅި ގޮވާފައިވަނީ މ. އުނިގަސްމަގުގައި ހުރި ގެއެއްގައި ކަމަށާއި މީހަކަށް އަނިޔާ ވެފައިވާ ކަމުގެ ރިޕޯޓު ލިބިފައި ވާ ކަމަށެވެ.
އެ ހާދިސާގައި ހިނގަން މެދުވެރިވި ސަބަބު އަދި ސާފެއް ނުވާއިރު މިހާދިސާގައި ލިބިފައިވަނީ ކިހާވަރެއްގެ ގެއްލުމެއް ކަމެއް ވެސް އަދި ސާފެއް ނުވެއެވެ.
މީގެ ކުރިން ވެސް މާލޭގައި އަދި ހުޅުމާލޭގައިވެސް ވަނީ ގޭސް އެކްސްޕްލޯޝަންތައް ހިނގާ މީހުންނަށާއި އެއްޗެއްސަށް އެކި ވަރުގެ ގެއްލުން ލިބިފައި ވެއެވެ.