ހދ. ހަނިމާދޫގައި އިމާރާތްކުރާ މިސްކިތުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، އެ މަސައްކަތް ފައްޓަވައި ދެއްވީ މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ އާއި ހަނިމާދޫ ކައުންސިލްގެ ރައީސް އަބްދުއްސައްތާރު ހަސަން ކަމަށެވެ. މިއީ 500 މީހުންގެ ޖާގައިގެ މިސްކިތެއް ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

މި ސަރުކާރު ވެރިކަމަށް އައި ފަހުން ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭ މަސައްކަތް ފަށައިގެން ނިންމާފަ 7 މިސްކިތެއް މިހާތަނަށް ވަނީ ހުޅުވާފައެވެ. އަދި މިއަހަރު ތެރޭ 6 މިސްކިތް ހުޅުވަން ވަނީ ހަމަޖެހިފައި ކަމަށް އެ މިނިސްޓްރީން މީގެ ކުރިން ވަނީ ބުނެއފައެވެ.

ހދ. ހަނިމާދޫގައި އަޅާ މިސްކިތުގެ އަމަލީ މަސައްކަތް ފަށާފައިވާ އިރު، މިހާރު 12 މިސްކިތެއްގެ އަމަލީ މަސައްކަތް ފަށައިގެން ކުރިޔަށް އެބަދެއެވެ. އަދި އެވޯޓު ކޮށް އަމަލީ މަސައްކަތް ނުފަށާ ފަސް މިސްކިތަކާއި ޓެންޑާ ކުރުމަށް ފޮނުވާފަވާ ފަސް މިސްކިތެއްގެ މަސައްކަތް ވެސް އެބަ އޮތެވެ.