މި އަހަރު ސައުދީ ސަރުކާރުން ރާއްޖެ އަށް ހަދިޔާކުރި 50 ޓަނުގެ ކަދުރު ބަހަން ފަށައިފިއެވެ.

ކޮންމެ ރަމަޟާން މަހަކާ ދިމާކޮށް ސައުދީން ރާއްޖެއަށް ކަދުރު ހަދިޔާ ކުރާއިރު، ރަމަޟާން މަސް ފެށުމުގެ ކުރިން ރާއްޖެއަށް ކަދުރު ހަދިޔާ ކުރެއެވެ. ނަމަވެސް މި އަހަރު ކަދުރު ލިބުނީ ރަމަޟާން މަސް ވެސް ނިމި، އީދު ބަންދު ވެސް ނިމުނު ފަހުންނެވެ. އެ މިނިސްޓްރީން އޭރު ބުނީ ކަދުރު ލިބުން ލަސްވީ ކަދުރު މޫސުން ލަސްވުމުގެ ސަބަބުން ކަމަށެވެ.

މިދިޔަ ހޯމަ ދުވަހު ކަދުރު ބަހަން ފަށާފައިވާ ކަން ހާމަކޮށް ކުރި އިއުލާނުގައި އިސްލާމިކް މިނިސްޓްރީން ބުނީ، 50 ޓަނުގެ ގޮތުގައި ސައޫދީ ސަރުކާރުން ހަދިޔާ ކޮށްފައިވާ 25،000 ކަދުރު ޕެކެޓު މި މަހުގެ ނިޔަލަށް ބަހަމުން ދާނެ ކަމަށެވެ. ކަދުރު ބެހުމަށް އެކުލަވާލި އުސޫލުގައި އުސޫލުގައި އެ މިނިސްޓްރީން ބުނި ގޮތުގައި، ކަދުރު ޕެކެޓު ބަހަމުން ދާނީ ފަގީރުންގެ ދަފްތަރުގައި ރަޖިސްޓްރީ ކޮށްފައިވާ ގެއަކަށް ޕެކެޓެއް ދޭ އުސޫލުން، މީހުން ދިރިއުޅޭ ގޭބިސީތަކުން ކަދުރު ބަލައި އަންނަ ތަރުތީބުންނެވެ.

އެ މިނިސްޓްރީން ބުނީ:

  • ފަގީރުންގެ ގޭބިސީތަކަށް ކަދުރު ބެހުމަށް ފަހު، ކޮންމެ 100 ގޭބިސީއަކަށް ޖެހޭނީ 26 ޕެކެޓު ކަމަށް
  • ގޭބިސީތަކަށް ކަދުރު ބަހާނީ ކަދުރާ ހަވާލުވާން އަންނަ މީހާގެ އައިޑީ ކާޑަށް ބެލުމަށް ފަހުގައި ކަމަށް

އެގޮތުން، ކަދުރު ބެހުމުގައި ފަގީރުންނަށް އިސްކަން ދީގެން ކަދުރު ބެހުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.

ކަދުރު ބެހުމަށް ހަމަޖެހިފައިވާ ގޮތް:

  • މާލެ ސަރަހައްދު (މާލެ، ވިލިމާލެ، ހުޅުމާލެ): އިސްލާމީ މަރުކަޒުގައި
  • މާލެ ސަރަހައްދު ފިޔަވައި އެހެނިހެން ރަށްރަށާއި ސިޓީތައް: އަތޮޅު ކައުންސިލް އަދި އެ ރަށެއްގެ ނުވަތަ ސިޓީއެއްގެ ކައުންސިލުން
  • ރަސްމީ ދުވަސްތަކުގައި ހެނދުނު 8:45 އިން މެންދުރުފަހު 2 އަށް

އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް އިސްމާއީލް އަފްރާހް "ދަ ޕްރެސް" އަށް ވިދާޅުވީ، އެ މިނިސްޓްރީން މިހާރު އަމަލު ކުރަމުންދާ އުސޫލުގެ ދަށުން، ފަގީރުންނަށް ބެހުމަށް ފަހު، ބާކީވާ ކަދުރު ޕެކެޓުތައް ދެނީ އާންމުންނަށް ކަމަށާއި، އެއަށްފަހު ބާކީވާ ކަދުރުތައް ހަދިޔާ ކުރަނީ ކުޑަކުދިންގެ ހިޔާ ފަދަ ތަންތަނަށް ކަމަށެވެ. މިހާތަނަށް ހަދިޔާ ކޮށްފައިވާ ކަދުރުން އެއްވެސް މިންވަރެއް ބާކީ ނުވާ ކަން އޭނާ ވަނީ ފާހަގަ ކުރައްވައިފައެވެ.

ކުރިއެކޭވެސް އެއްގޮތަށް މި އަހަރުން ފެށިގެން ކޮންމެ ރަމަޟާން މަހަކު ސައުދީން ރާއްޖެއަށް 50 ޓަނުގެ ކަދުރު ހަދިޔާކުރާއިރު، މިދިޔަ ރަމަޟާން މަހު ދެ ގުނަ މަދުން ކަދުރު ހަދިޔާކޮށްފައިވަނީ ކޮވިޑް-19 ގެ ބަލިމަޑުކަމާ ހެދިއެވެ.

މިދިޔަ ރަމަޟާން މަހު ކަދުރު ބެހިއިރު އިސްކަން ދިނީ ފަގީރުންގެ ދަފްތަރުގައި ހިމެނިފައިވާ މީހުންނަށެވެ. އެގޮތުން މިދިޔަ އަހަރު ފަގީރުންގެ ދަފްތަރުގައި ހިމެނުނު 10،944 މީހުންގެ ތެރެއިން ކޮންމެ މީހަކަށް ކަދުރު ޕެކެޓެއް ދީފައިވެއެވެ.