މާލެ އަތޮޅު ސްކޫލަކަށް ކުއްޖަކު މަސްތުވާތަކެތި ގެންދިޔަ މައްސަލައެއް ފެންމަތިވެއްޖެއެވެ.

އެކަމާ ގުޅިގެން ފުލުހުން ބުނީ އެ ސްކޫލަށް މަސްތުވާތަކެތި ގެންގޮސްފައި ވާކަމުގެ މައުލޫމާތު މިއަދު 11:34 ހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ރަށު ސްކޫލުގައި މަސްތުވާތަކެތި ވިޔަފާރި ކުރާ ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރަމުން އަންނައިރު މަސްތުވާތަކެތި ފެނިފައި ވަނީ އެ ރަށު ސްކޫލުގައި ސާނަވީ ގްރޭޑެއްގައި ކިޔަވަމުން އަންނަ ކުއްޖެއްގެ އަތުންނެވެ.