މަކަރާއި ހީލަތް ހެދުމުގެ މައްސަލައަކާ ގުޅިގެން ދެ ބިދޭސިއަކު ހޯދަން ފުލުހުން އިއުލާނު ކޮށްފިއެވެ.

ފުލުހުން ބުނީ، ބަންގްލަދޭޝްގެ އެ ދެ ބިދޭސީން ހޯދަމުން ދަނީ ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ތަހްގީގު ކުރަމުންދާ މަކަރާއި ހީލަތުގެ މައްސަލައަކާ ގުޅިގެން ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން ހޯދަމުންދާ ދެ މީހުންނަކީ:

  • މަހްމޫދުލް ހަސަން (29އ)
  • މުހައްމަދު ހައިރުލް އިސްލާމް (26އ)

އެ ދެ މީހުންނާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ، އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުގެ ނަންބަރު 9790048 އަށް ގުޅައި މައުލޫމާތު ހިއްސާ ކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

މި ދުވަސްވަރު އެކި ކުންފުނިތަކުގެ ނަމުގައި މަކަރާއި ހީލަތުން ފައިސާ ހޯދަމުންދާ މައްސަލަތައް އިތުރުވެފައިވާތީ، ފުލުހުން ވަނީ އެފަދަ ކަންކަމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފައެވެ. އަދި އެފަދަ ކަމެއް ދިމާވެއްޖެ ނަމަ ލަސްނުކޮށް ފުލުހުންނާ މައުލޫމާތު ހިއްސާ ކުރުމަށް ވެސް ވަނީ އެދިފައެވެ.